ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާ ސާބިތު ނުކުރެވޭނެ ކަމަށް ބުނެ އަލީ ވަހީދުގެ ދައުވާތައް ކުރިއަށް ނުގެންދަން ދައުލަތުން ނިންމައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް ދައުލަތުން އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ނިންމާފައިވާކަން ޕްރޮސިކިއުޓާރ ޖެނެރަލް ނިންމަވައިފިއެވެ.

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ މައްޗަށް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވެ އެވެ. އޭނާ މަގާމުން ވަކި ކުރީ އެ މުވައްޒަފުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް، އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ.

މައްސަލަ ތަހުގީގުކޮށް، ކޯޓު މަރުހަލާ ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ބޭސްފަރުވާއަށް ކަމަށް ބުނެ އެވެ. ބޭނުން ގައުމަށް ދިއުމަށް ފުރުސަތު ދިނުމުން އަލީ ވަހީދު އެންމެ ފުރަތަމަ އެތެރެވީ ތުރުކީ އަށެވެ. އަދި އިނގިރޭސިވިލާތަށް ވަޑައިގެން އިތުރު ސާޖަރީތަކެއް ކުރަންޖެހޭކަމަށް ބުނެ ހުށަހެޅުމުން ކޯޓުން އޭނާއަށް އެ މުއްދަތު ދިނެވެ. އަދި މައްސަލައިގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމި އެވެ. އެ ނިންމުމާއި މެދު ހިތްހަމަނުޖެހި ދައުލަތުން މައްސަލަ ހިފައިގެން ހައިކޯޓަށް ދިއުމުން މައްސަލަ ބޭރުކޮށްލި އެވެ. އެއަށް ފަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުން، އެ ކޯޓުން މައްސަލަ ބަލައިގަނެ އަލީ ވަހީދަށް ޗިޓު ފޮނުވި އެވެ. ޝަރީއަތަށް އަލީ ވަހީދު ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާގެ މައްޗަށް 2 މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ކުރިއަސް ނުގެންދެވިގެން ކްރިމިނަލް ކޯޓުން އެ ދައިވާތައް އަލުން އަނބުރާ ޕީޖީ އަށް ފޮނުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި ޕީޖީ ވަނީ ފަހުން ދައުވާ ކުރާނެ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ފޮނުވާލާފައެވެ.

ޕީޖީ މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލި ފަހުން، އަނިޔާ ލިބުނު މީހުންނާއި ހެކީންގެ ގޮތުގައި ބަޔާން ދިން މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، އެ އޮފީހަށާއި ފުލުހުންނަށް ސިޓީ ވަނީ ފޮނުވާފައެވެ. އެ މައްސަލައިގެ މުހިންމު ހެކީން، އެ މީހުން ތަހުގީގަށް ދިން ބަޔާންތައް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ތަކުރާރުކޮށް ފުލުހުންނަށް ސިޓީ ފޮނުވަމުންދާ ކަމަށް ޕީޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަލީ ވަހީދުގެ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމީ އެ މައްސަލަތައް އަލުން މުރަޖައާކުރުމަށްފަހު ކަމަށްވެސް ބަޔާނުގައިވެ އެވެ. އަލީ ވަހީދުގެ މައްސަލަތަކުގައި މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކި ބަސް ކަމަށާއި އެ ހެކި ބަހާ ނުލައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ޕީޖީ ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހެކީން ފޮނުވަމުން ދިޔަ ސިޓީތަކާ ގުޅިގެން އެ މީހުންނާ ބައްދަލުކޮށް މައްސަލަ ކުރިއަށްގެންދިޔުމާ މެދު ދެކޭ ގޮތް ވަނީ ސާފް ކޮށްފައެވެ. އަދި, އެ މީހުން ބަޔާންތައް އަނބުރާ ގެންދަން ބޭނުންވާއިރު، ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ ދައުވާތައް ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލި ހަތް ދައުވާއަކީ 

  • ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކުރިން އުފުލި މި ދައުވާތައް ކުރިއަށް ނުގެންދަން ނިންމިއިރު މައްސަލައާއި ގުޅިގެން އަލީ ވަހީދުގެ ވަކީލުން ބުނެފައި ވަނީ އޭނާއާއި މެދު އަމަލު ކުރަމުން ދަނީ ބޭއިންސާފާއި އަނިޔާވެރިކާމާއި އެކު ކަމަށެވެ. އެއްވެސް ތަހުގީގު ކުރުމެއް، އަދި ސުވާލު ކުރުމެއް ވެސް ނެތި އަލީ ވަހީދު މަގާމުން ވަކިކުރި އިރު ކުރާ ތުހުމަތުތައް ވެސް ސާފުކޮށްދީފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.

މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުންގެ ގޮތުގައި ސިފަކޮށް، އެ ބަޔާނުގައި ބުނެފައިވަނީ ދައުވާ ސާބިތުވާނެ އެއްވެސް އުންސުރެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ކުށް ކުރިކަމަށް ބުނާ ތާރީހާއި، ވަގުތުތައް އަދި އެ ކުށް ހިންގި ގޮތެއް ވެސް ދައުލަތަށް ބުނެ ނުދެވޭކަމަށް ބަޔާނުގައި ވެއެވެ. ފާއިތުވެދިޔަ އެއް އަހަރު ދުވަހު ދައުލަތުން އަލީ ވަހީދު ފްރޭމް ކުރުމަށް އެތައް މަސައްކަތެއްކޮށްފައިވާކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.

ވަކީލުން ސިފަ ކުރި ގޮތުން، މިއީ މިހާ ބޭއިންސާފުން ރާއްޖޭގައި މީހަކާއި މެދު އަމަލު ކުރި ފުރަތަމަ ފަހެރެވެ. އަލީ ވަހީދުގެ އަގު ވައްޓާލުމުގެ ނިޔަތުގައި، ޕީޖީ އޮފީހުން މީޑިއާތަކަށް ދެމުންދަނީ ދޮގު މައުލޫމާތުތަކެއްގެ ގޮތުގައި ތުހުމަތުކޮށް ވަކީލުން ބުނެފައިވަނީ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވަނީ މައްސަލައަށް ނުފޫޒުތަކެއް ފޯރުވުމަށް ކަމަށެވެ.

ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އާއްމުކޮށް މީޑިއާތަކަށް ވަދެވޭހެން ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން ހުށަހެޅި ނަމަވެސް، އެކަމަށް އިންކާރުކޮށް މައްސަލަ ސިއްރުން ކުރިޔަށް ގެންދިއުމުން ބަޔާނުގައި ނުރުހުންފާޅު ކުރި އެވެ. .

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: