ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ހިންގަން ޖެހުނީ ރައީސް ސާލިހުގެ ސަބަބުން: ޝިޔާމް

ނައިބު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައީސް ޔާމީން އާއިއެކު އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ހަރަކާތަކީ އެ ގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ނުވަތަ ރާއްޖޭގައި އެ ގައުމަށް ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތެއް ނޫންކަމަށާއި، އެއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަމަލުތަކުގެ ނަތީޖާކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި އިދިކޮޅުގެ ހަރަކާތްތަކާއިމެދު ވާހަކަދައްކަވަމުން ޝިޔާމްވަނީ “އިންޑިއާ އައުޓް” ހަރަކާތަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސް އާއިއެކު ކުރައްވަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާފައެވެ.

އޭނާ ވިދާޅުވީ، އެ ފަރާތްތަކާއިއެކު އެއްބަސްވެވަޑައިގަންނަވާ ބައެއް ހިސާބުތަކާއި ކަންކަން ހުރިކަމަށެވެ. އޭނާ ވިދާޅުވީ “އިންޑިއާ އައުޓް” ހަރަކާތަކީ އަދި އެ ހަރަކާތުގެ ތެރޭގައި ދައްކަވަމުންދާ ވާހަކަތައް ރައީސް ނަޝީދަށް ވަރަށްވެސް ރަނގަޅަށް ސާފުވެވަޑައިގަންނަވާނެކަމަށެވެ.

ޝިޔާމް ވިދާޅުވީ، އޭގެ ޒާތުގައި ވަރަށް ރަނގަޅުކަންކަން ހުރިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އަދި ބޭނުންކުރަމުންދާ ޝިޔާރާއިމެދު އެއްބަސްވެވަޑައިނުގެންނެވިނަމަވެސް ދައްކާ ވާހަކަތަކުގެ ފަހަތުގައި ހުރިކަންކަން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަމުދާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ޝިޔާރު ބޭނުންކުރައްވަނީ އިންޑިއާ ބޭރުކުރުމަށް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން ބޭރު ކުރުމަށްވެސް މަސައްކަތްތައް ނުކުރައްވާކަމަށެވެ.

ޝިޔާމް ވިދާޅުވީ، “ތިލަ” ގޮތަކަށް ޝިޔާރު ބޭނުންކުރައްވަމުންދަނީ އެ ބަސް އިވިގެންދާ ދިއުމުގެ ފަސޭހައަށާއި އެކަމާއި މެދު ރައްޔިތުން ވިސްނާވަޑައިގަންނަވާ މިންވަރު އިތުރުކުރެއްވުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރީ ހާޒިރުވުން އޮތް ވާހަކަތައްކަމަށެވެ. އަދި ކަންބޮޑުވުންތައް ފާޅުކުރައްވަމުންދަނީ ރާއްޖޭގެ ސަރުކާރުން ގޮތް ނޭނގޭ އެއްބަސްވުންތައް ގާއިމުކޮށް މުއާމަލާތްތައް ކުރަމުންދާތީކަމަށްވެސް އޭނާ ވިދާޅުވިއވެެ.

ޝިޔާމް ވިދާޅުވީ، އިދިކޮޅުން ދައްކަމުންދިޔައީ އިންޑިއާ ސިފައިން ބޭރުކުރާ ވާހަކަތައްކަމަށެވެ. އަދި ބޭނުންކުރަމުންދާ ޝިޔާރަށް ބަދަލުތައް އައިސް ” އިންޑިއާ އައުޓް” ބޭނުންކުރެވެން ފެށީ އެ ހަރަކާތްތައް ވަރުގަދަ ވެގެންދިޔައިރުކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ ހަރަކާތަކީ މިހާކަށް ނުވަތަ ގައުމަކަށް ނިސްބަތްކޮށް ހިންގަމުންދާ ހަރަކާތެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އިންޑިއާ އާއި ޖައްސާލައިން ހިންގާ ހަރަކާތެއް ނޫންކަން އެ ގައުމަށްވެސް އެނގޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެ ގައުމާއިމެދު ރައްޔިތުން ނުތަނަވަސް ކުރުމަށްވެސް މަސައްކަތްތަކެއް ނުކުރައްވާކަމަށެވެ. ޝިޔާމް ވިދާޅުވީ، މަސައްކަތްކުރައްވަމުންދަނީ ރާއްޖޭގެ މިނިވަންކަމަށް ބުރުއަރާފާނެ ބައެއް އެއްބަސްވުންތައް ގާއިމުކުރެވިފައިވާތީކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ އިންޑިއާ ނަގަންޖެހޭ ޒިންމާއެއް ނޫންކަމަށެވެ. ޝިޔާމް ވިދާޅުވީ، އެ ހަރަކާތްތައް ކުރިއަށް ގެންދަނީ އިންޑިއާ ނުވަތަ އެހެން ގައުމެއްގެ ވެސް މައްސަލައެއްގެ ސަބަބުން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ “ނުކުޅެދުންތެރި” ކަމުގެ ނަތީޖާކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަތައް އުފެދިފައިވަނި ރައީސް ސާލިހު ވެރިކަން ކުރެއްވުމަށް ނުކުޅެދުމުގެ ސަބަބުންކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލައަކީ ވެރިއެއްގެ ޒިންމާތައް އަދާކުރެއްވުމަށް ބޭނުންވާ ގާބިލުކަން ރައީސް ސާލިހުގެ ކިބައިގައި ނެތުންކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަތައް އުފެދިގެން އަންނަނީ ހުށައެޅުންތައް އިންކާރު ކުރައްވަންޖެހޭ ހާލަތުގައި އެކަން ކުރައްވަން ކެރިވަޑައިނުގަތުމުންކަމަށެވެ.

ޝިޔާމްވަނީ މިހާރު އިންޑިއާ އައުޓް ހަރަކާތްތައް މަޑުޖައްސާލާފައިވާ ސަބަބަށްވެސް އަލިއަޅުއްވާފައެވެ. ހަރަކާތްތައް އަދިވެސް ކުރިއަށް ދާކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މިވަގުތު ރިޔާސީ އިންތިހާބު ކައިރިވެފައިވުމާއިއެކު ބޮޑަށް ސަމާލުކަން ދެއްވަމުންދަނީ އެ މަސައްކަތްތަކަށްކަމަށެވެ. ޝިޔާމް ވިދާޅުވީ، ރައީސް ސާލިހު ވެރިކަމުން ދުރުކުރެވުމުގެ އެ މަސައްކަތްތައްވެސް ކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: