ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ މިހާތަނަށް އައި ފަތުވެރިންގެ އަދަދު މިލިއަނަކާއި ގާތަށް

ތިން އަހަރަށް ފަހު ޗައިނާ ފަތުރުވެރިން ރާއްޖެއަށް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާ ހިސާބަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މިދިޔަ އަހަރުގެ މިހާތަނާ އަޅާކިޔާއިރު 14 އިންސައްތަ ފަތުރުވެރިން އިތުރަށް އައިސްފައިވެއެވެ. އެއީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މިލިއަން ފަތުރުވެރިން ހަމަވީ އޮގަސްޓް މަހުގެ ތެރޭގައި ނަމަވެސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއް މިލިއަން ފަތުރުވެރިން ހަމަވުމުގެ ފުރުސަތު އެބަ އޮތެވެ.

މިއަހަރުގެ ފުރަތަމަ ހަަރު މަހުގެ ތެރޭގައި ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އައި ނަމަވެސް މެއި މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު ވަނީ މަދުވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އަދި ރަޝީޔާއިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންގިރޭސި ވިލާތުންނެވެ. ލިސްޓުގައި ދެން ހިމެނެނީ އިޓަލީ އަދި ޖަރުމަނުގެ އިތުރުން ޗައިނާއެވެ.

ރާއްޖެއަށް ދުވާލަކު ޒިޔާރާތްކޮށްފައިވަނީ އެވްރެޖެކޮށް 5،000 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައި ވަނީ މިއަދު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. އެކަމަކު ކުރިޔަށް އޮތީ ހައި ސީޒަންކަމަށްވުމާއި އެކު އަހަރު ނިމޭއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދެ މިލިއަނަށްް އަރާނެކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: