ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާގު ބަދަލުވީ ރައީސް ނަޝީދުގެ، އިދިކޮޅުގެއެއް ނޫން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަން އިން ކުރާ މަސައްކަތްތަކުގެ މިސްރާބު ބަދަލުނުވާކަމަށާއި، ދަ ޑިމޮކްރެޓްސްއާއިއެކު މަސައްކަތް ފެއްޓެވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރާގު ބަދަލުވުމުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީއިން ދަ ޑިމޮކްރެޓްސްއާއިއެކު ފެއްޓެވި މަސައްކަތްތަކާއި ގުޅިގެން ސުވާލުކުރުމުން ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ޝިޔާމް ވިދާޅުވީ އިދިކޮޅުގެ މިސްރާބު ބަދަލުނުވާކަމަށާއި، ބަދަލުވީ އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ އިސްތިއުފާދެއްވި މުހައްމަދު ނަޝީދުގެ ވިސްނުމާއި ފިކުރުކަމަށެވެ. މިވަގުތު ގައުމު މިއޮތް ހާލަތު ރަނގަޅުކުރުމަށްޓަކައި އިދިކޮޅުން ދައްކަވަމުން ދިޔަ ވާހަކަތަކާއި ރައީސް ނަޝީދުގެ ވާހަކަތައް އެއްގޮތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ޕާލިމެންޓްރީ ލެވެލްގައި ކުރަމުން އައި މަސައްކަތްތައް ޕާޓީ ލެވެލްއަށް ބަދަލުކުރީ މަޖިލީސް ޗުއްޓީއަށް ދިޔައިރުވެސް ބައެއް މަސައްކަތްތައް ނުނިމި ހުރުމުންކަމަށެވެ. ހުރިހާ ޕާޓީތަކަށާއި، އެ ޕާޓީތަކުގެ ކެނޑިޑޭޓުންނަށްވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ބަދަލުކުރަންޖެހޭކަމަށް އެއްބަސްވެވޭކަމަށް ޝިޔާމް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީއާއި، އަދި އެމްއެންޕީއާއިއެކުވެސް ކަނޑު ވިއްކާލުމާއި ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވިންކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދިވެސް މި މަސައްކަތްތައް ހުއްޓުމަކަށް ނާންނަކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެން ނަމަވެސް ދަ ޑިމޮކްރެޓްސްއާއިއެކު ތަންކޮޅެއް ސީރިއަސްކޮށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ނިންމުމުގެ މަސައްކަތްތަކެއް މި ފެށީ. ސިލްސިލާ ބައްދަލުވުންތަކެއް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ.

ޝިޔާމް ވިދާޅުވިއެވެ.

މިހާރު ދަ ޑިމޮކްރެޓްސްއާއިއެކު ކުރާ މަޝްވަރާތަކަކީ ރައީސް ސާލިހުގެ ވެރިކަން ނިންމުމަށް އެކުގައި ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށްކުރާ މަޝްވަރާތަކެއްކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ، ވެރިކަން ބަދަލުކުރުމަށްވުރެ ބޮޑަށް ކުރެވޭ މަސައްކަތަކީ ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތްކަމަށެވެ.

ސިޔާސަތުތަކާއިއެކު އައިސ،ް އެ ސިޔާސަތުތައް ތަންފީޒުނުކުރާކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ނަމުގައި ބަޖެޓުން ފައިސާ ހަރަދުކުރާކަމަށާއި، ނަމަވެސް އެ ފައިސާ ހަރަދުކޮގެންވެސް ރައްޔިތުންގެ އުނދަގޫތައް ފަސޭހަނުވާނަމަ އެ ވެރިކަން ދެމެހެއްޓުމުގެ އެއްވެސް މާނައެއް ނެތްކަމަށެވެ. މިހާލަތުގައި ސިޔާސީ ޕާޓީތަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތަކީ ވެރިކަމުގެ ދައުރު ނިމުމުން ވެރިކަން ބަދަލުކުރުމުގެ މަސައްކަތްކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: