ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ދެއްކެވި ވާހަކައިގެ ސަބަބުން އެންމެ ތަދުވާނީ ރައީސް ސާލިހަށް: ޝިޔާމް

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެމްޑީޕީއިން އިސްތިއުފާދެއްވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށްކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާއަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮޮގްރާމުގައި ޝިޔާމް ވަނީ އެ ޖަލްސާއަކީ ތަފާތު އަދި ހާއްސަ ޖަލްސާއެއްކަމަށް ފާހަގަކޮށް މަރުހަބާ ދަންނަވާފައެވެ،

މި ޖަލްސާގައި ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ފަހަތުގައި އެންމެ އިސްކޮށް ލަފާދެއްވާ އިރުޝާދުދެއްވި ރައީސް ނަޝީދު ބައިވެރިވެވަޑައިގެފައިވާއިރު، އެމަނިކުފާނު ވަނީ އެމްޑީޕީއާއި ސަރުކާރާއި ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. ނަމަވެސް ރައީސް ނަޝީދު ދެއްކެވި ގިނަ ވާހަކަތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަމަށް އައީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓާއި ގުޅުވައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކެވެ.

ރައީސް ނަޝީދު ވަނީ ރައީސް ޔާމީން އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ގޮވާލާފައެވެ. އަދި ހުދު އެމަނިކުފާނުވެސް އިންތިހާބުގައި ވާދަނުކުރައްވާ، ރައީސް ޔާމީންއާއި ދެބޭފުޅުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ އިތުރު ތަފްސީލެއް ނުދެއްވާ ވާހަކަފުޅު ނިންމަވާލައްވާފައެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާތީ އާއި ރައީސް ނަޝީދު އެމްޑީޕީއިން ވަކިވީ ސަބަބާއި ގުޅޭ ގޮތުން އެމަނިކުފާނު މާ މުހިންމު ވާހަކަތައް ދެއްކެވިކަމަށެވެ. އަދި ޝިޔާމް ވަނީ ރައީސް ނަޝިދު ދެއްކެވި ބައެއް ވާހަކަތައް ފާހަގަކުރައްވާފައެވެ.

އެގޮތުން މި ސަރުކާރުން ވީ ވައުދާއި އެއްގޮތަށް ވައްކަން ނުހުއްޓުވުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުނުގެނެވޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ މުދާ ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާކަމަށާއި، އިންތިހާބާއި ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަންކުރުމަށް މަސައްކަތްކުރާކަމުގެ ވާހަކަތައްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

ވަރަށް ހިތްދަތި ވާހަކަތަކެއް ވިދާޅުވި ޔަގީނުންވެސް، އެމަނިކުފާނު އިސްވެ ހުންނަވައިގެން ރައްޔިތުންނާއި ހިސާބަށް ގެނައި މި ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދޭ ހާލު ދެއްކެވި ވާހަކަތަކާއި ދިމާ އިދިކޮޅަށް، މި ދެންނެވީ މި ސާލަކަށް ވައްކަމާއި ގުޅިގެން އެބޭފުޅުން ދެއްކެވި ވާހަކަފުޅުތައް. ކަންކަން އިސްލާހު ނުވާ ވާހަކަ، ބޯހިޔާވަހިކަމުގެ އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުދިޔަ ވާހަކަވެސް ވިދާޅުވި، ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި އެއްވެސް ރައްޔިތަކަށް މި ސަރުކާރުގައި ބޯހިޔާވަހިކަން ނުދޭ ވާހަކަ އެމަނިކުފާނު ވިދާޅުވި. އަދި ހަމައެއާއިއެކީގައި ސީދާ ވޯޓާއި ދިމާކޮށް ސަރުކާރުން މިކުރާ ކަންކަން.

އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި ރައީސް ނަޝީދު ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިކަމަށާއި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވި ވޯޓުގެ 90 އިންސަތައަކީ ރައީސް ނަޝީދު ކުރެއްވި މަސައްކަތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން ރައީސް ނަޝީދު ބާކީކޮށްލި ނަމަވެސް މިއީ ރައީސް ނަޝީދުގެ ހިއްސާ ވަރަށް ބޮޑު ޕާޓީއެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން އަށް ތައުރީފުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަތައްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީންއަކީ ދައުލަތަށް ވަރަށް ހިދުމަތްތެރި ބޭފުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކައަށް ޝިޔާމް އިޝާރާތްކުރެއްވުމުން ނޫސްވެރިޔާވަނީ އެއީ ސިޔާސީ މަގްސަދެއްގައި ދެއްކެވި ވާހަކައަކަށްވެދާނެކަމަށް ފާހަގަކޮށް ސުވާލުކޮށްފައެވެ. އަދި މީގެ ކުރިން ރައީސް ޔާމީންއަށް ފާޑު ވިދާޅުވެ، ރައީސް ޔާމީންއަކީ ގައުމަށް ހިޔާނާތްތެރިވި ބޭފުޅެއްކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތައްވެސް ނޫސްވެރިޔާ ފާހަގަކުރިއެވެ.

ރައްދުގައި ޝިޔާމް ވިދާޅުވީ ސިޔާސީ މަގްސަދު ހާސިލްކުރުމަށް ރައީސް ޔާމީންގެ ފަހަތުން އުޅެނީ ސަރުކާރުންކަމަށެވެ. ރައީސް ނަޝީދު، ރައީސް ޔާމީންއަށް އަމާޒުކުރައްވާ ދެއްކެވި ވާހަކަތަކުން އެންމެ އަސަރުކުރާނީ ސަރުކާރަށްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: