ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އާއި ދުރެއް ނުވާނެ، އިންޑިއާ ފަސްޓު ފޮލިސީ ގެނައީވެސް ރައީސް ޔާމިންގެ ވެރިކަމުގައި: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ހާރިޖީ ސިޔާސަތު އިންޑިއާ އާއި ދުރުނުވާނެކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިޔާމްވަނީ ޑިމޮކްރެޓްސް އާއިއެކު ކުރައްވަމުންދާ މަސައްކަތްތަކާއި އިންޑިއާ އައުޓް ހަރަކާތާއިމެދު މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޕީޕީއެމްގެ ހާރިޖީ ސިޔާސަތުތައް އިންޑިއާ އާއި ދުރުނުވާނެކަމަށެވެ. އޭނާ ވިދާޅުވީ، މިހާރުވެސް ފާހަގަކުރެވެމުންދާ އިންޑިއާ ފަސްޓު ސިޔާސަތަކީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގް ޒައާމަތުގައި އެމަނިކުފާނު ގެންނެވި އެއްޗެއްކަމަށެވެ.

އޭނާ ވިދާޅުވީ، އެހެންކަމުން އިންޑިއާ އާއި ދުރު ނޫންކަން ސާފުވެގެންދާކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހައްލުކޮށްދެއްވަންކަމަށާއި އެކަންކަން ކުރެއްވުމަށް އެމަނިކުފާނަށްވެސް ފަހި މަގުތަކެއް ބޭނުންވެވަޑައިގަންނަވާނެކަމަށް ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ، ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފައިސާވެސް ބޭނުންވާކަމަށެވެ. އަދި ގިނައީވެސް ފައިސާއިން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކަމަަށްވުމުން އެމަނިކުފާނު ބޭނުންވެވަޑައިގަތީ ރައްޔިތުންގެ ދިރިއުޅުމާއި ގުޅުންހުރި މުހިންމު ކަންކަން ބާރު ދުވެއްޔެއްގައި ކޮށްދެއްވުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުގައިވެސް މާލީ ނިޒާމު ގެންގުޅެމުންދަނީ އެކި ގޮތްގޮތަށް ކަމަށެވެ. ޝިޔާމް ވިދާޅުވީ، ބައެއް ގައުމުތަކުގައި ލޯނެއް ނުވަތަ ހިލޭ އެހީއެއް ހޯދަން ޖެހުނަސް “ދިއުޅި” ދިގުވާ ގައުމުތައް ހުންނަކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ކަންކަން ފަސޭހަކަމާއިއެކު ކުރެވޭ ގައުމުތައްވެސް ހުރިކަމަށެވެ. އޭނާ ވިދާޅުވީ، ބާޒާރުން އެއްޗެއް ގަންނަ އިރު އެންމެ މުހިންމީ އަގުކަމަށެވެ. އޭނާ ވިދާޅުވީ، ކޮލިޓީއަށް ބަލާއިރު އަގަށްވެސް ރިއާޔަތްކުރަންޖެހޭކަމަށެވެ. ހާއްސަ ގޮތެއްގައި ދިވެހި ރައްޔިތުންގެ ފައިސާ ހޭދަކުރަންޖެހޭނަމަ އެކަންކަން ބަލަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަންކަން ހައްލުކޮށްދެއްވުމަށް ރައީސް ޔާމީންގެ ޒައާމަތުގައިވެސް ފައިސާ ބޭނުންވިކަމަށެވެ. އެހެންކަމުން އެ ފައިސާ ފަސޭހައިން އަގުހެޔޮކޮށް ލިބެން ހުރީ ކޮން ދިމާލަކުންތޯ ބެއްލެވިކަމަށެވެ. އޭނާ ވިދާޅުވީ، ފައިސާ އަގުހެޔޮކޮށް ލިބެން ހުރީ ޗައިނާއިންކަން ފެނިގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އިސް މަގާމެއް އަދާކުރައްވާފައިނުވާނަމަވެސް، އެމަނިކުފާނު އެފަދަ ފިޔަވަޅެއް އަޅުއްވާނީ އަވައްޓެރި ގައުމުތަކާއިވެސް މަޝްވަރާތައް ކުރެއްވުުމަށް ފަހުކަން ޔަގީންވެވަޑައިގަންނަވާކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއިއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ހާސިލުވެފައިވާ ކަންކަން ފެންނަން ހުރިކަމަށެވެ. އަދި އެކަންކަން ހާސިލުކުރެއްވި ދުވެލިވެސް ފެނިގޮސްފައިވާކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވެސް އެ ދުވެލީގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: