ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ހައި ކޯޓުގައި އެތައް ގަނޑިއިރަކު: ޝިޔާމް ވިދާޅުވީ ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ހައްގު ނިގުޅައިގަނެފައިކަމަށް!

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ހައްގަށް އެރިގަނެފައިވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިދިކޮޅުން ވަނީ ރައީސް ޔާމީންގެ މައްސަލައާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މިއަދު ހެދުނު ހައި ކޯޓަށް ވަޑައިގެންފައެވެ. އަދި ހައި ކޯޓުގައި އެތައް ގަނޑިއިރަކު ތިއްބެވިއިރު، މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ޝިޔާމް ވިދާޅުވީ ހައި ކޯޓަށް އިދިކޮޅުން ދިޔައީ، ރައީސް ޔާމީންގެ އިންތިހާބީ ހައްގަށް ސަރުކާރުން އަރައި ގަންނަމުންދާތީކަމަށެވެ. ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އަބަދުވެސް އިދިކޮޅުން ކުރަމުންދާއިރު، ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުން ސަރުކާރުން ބޭނުންވާ ދުވަސްތަކުގައި ބަލިވެ ބޭރަށް ފުރަންޖެހޭކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ އިސްތިޢުނާފު މައްސަލަ ގަސްތުގައި ލަސްކުރުމަށް ކުރާކަމެއްގެ ގޮތުގައި ޝިޔާމް ސިފަކުރެއްވިއެވެ.

ކޯޓުތަކުގެ ކަރާމާތާ ހުރުމަތަކީ ވަކި ބަޔަކު ހިފަހައްޓަން ޖެހޭ އެއްޗެއް ކަމަކަށް ނޯންނާކަމަށާއި، ފަނޑިޔާރުން ނިޒާމަށް ނުކުރާ އިހުތިރާމެއް ރައްޔިތުން ކުރާނެކަމަށް ދެކިގެންނުވާނެކަމަށް އިދިކޮޅުން ބުނެއެވެ. ސަރުކާރުން ވަނީ ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ހައްގު ނިގުޅައިގަނެފައިކަމަށާއި، ސަރުކާރުން ކުރާ ކަންކަމުގައި ފަނޑިޔާރުންނަށް އިނގިލި އަމާޒު ނުވާނެ ގޮތަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަވަންޖެހޭކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މައިން ބަފައިންނާ އަނބިދަރިން ނިވާފަތްގަނޑަކަށް ހެއްދެވުމަކީ އެތައް ހާސް ބައެއްގެ ނުރުހުން އަމާޒުވާނެ އަދި އެހާމެ ޒިންމާދާރުކަންކުޑަ އަމަލެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަމުގައި ދާންޖެހުނު ކޮންމެ ތަނަކަށް އިދިކޮޅުން ދާނެކަމަށާއި، އަދި ކުރަންޖެހުނު ކޮންމެކަމެއް ކުރާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: