ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ފުލުހުންގެ ދިފާއުގައި: އަގުވެއްޓުމަކީ ބަލައިގަނެވޭނެކަމެއް ނޫން!

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ހޯމް މިނިސްތަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިފައިންގެ ބޭކަލަކަށް ނުވަތަ ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ އަޅަންޖެހޭ ފިޔަވަޅު އެޅޭނެކަމަށެވެ.

ނަމަވެސް ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާކަމުގެ ތުހުމަތާއި، އަދި ގާނޫނާއި ހިލާފުވާކަމުގެ ތުހުމަތުވެސް ކުރެވެމުން ދަނިކޮށް، ދާދި ފަހުން އިދިކޮޅުގެ ހަރަކާތެއް ކަވަރުކުރަން ގޮސް ތިބި ނޫސްވެރިންނަށް ތަކުރާރުކޮށް ހުރަސް އެޅުމަށް ފަހު، ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލު ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް ފުލުހުން ބުނީ މި މައްސަލަ ބަލަމުންދާކަމަށެވެ.

މި މައްސަލައިގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލު ކުރި މައްސަލަ ބެލުމަށް އެސްއޯ ފުލުހުންގެ ޑިޕާޓްމަންޓަށް އަންގާފައިވާ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ފުލުސް މީހާ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމަށް އަންގާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އިދިކޮޅުގެ އެކި މުޒާހަރާތައް ކަވަރު ކުރުމުގެ ތެރޭގައި ނޫސްވެރިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި މުޒާހަރާތަކުގެ ބައިވެރިންނަށް ފުލުހުން އިހާނެތިކޮށް ކަންތައްކުރި ހާލަތްތައްވެސް ދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: