ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަގީގީ މިނިވަންކަމަކީ ގައުމުގައި ކޯޓު ފަޓްލޫންއާއި ޓައި ނާޅާ އުލުމުން ލިބޭނެ މިނިވަންކަން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ހަގީގީ މިނިވަންކަން ލިބުނު ކަމަށް ބެލެވޭނީ މި ގައުމުގައި ކޯޓު ފަޓުލޫނާއި ޓައި ނާޅަ އުޅުމުން މިނިވަންވުމުންކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ މިނިވަން ދުވަހާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ ދިވެހިންނަށް ހަގީގީ މިނިވަންކަން ލިބޭނީ ކޯޓް ފަޓްލޫނާއި ޓައި އިން މިނިވަންވުމުން ކަމަށެވެ.

ރާއްޖޭގައި މިވަގުތު ފިރިހެނުން ރަސްމީ ހެދުމެއްގެ ގޮތުގައި ބޭނުން ކުރަމުންދަނީ ކޯޓް ފަޓްލޫނާއި ޓައިއެވެ.

މިކަމާއި ގުޅިގެން ފައްޔާޒު އިތުރަށް ވިދާޅުވީ އޭނާ އުންމީދުކުރައްވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ރާއްޖޭގެ ހުނަރުވެރި ޑިޒައިނަރުން ބޭނުންކޮށްގެން، ދިވެހި ސަގާފަތް ހިމަނައިގެން، ވިސްނުންތެރި ރަސްމީ ހެދުންތަކެއް ފަރުމާކުރާނެކަމަށް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: