ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލު ރަނިންމޭޓުކަން ގާބޫލު ކުރީ ކެނޑިޑެސީގެ ބޭނުމުގައި: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔަމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓުކަން ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު ގަބޫލު ކުރެއްވީ ކެންޑިޑެސީގެ ބޭނުމުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިލަންދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ޔާމިން ޖަލުގައި އޮންނަވާތީ ރަނިންމޭޓުކަން ކުރައްވާނެ އެއްވެސް ބޭފުޅެއް ނުވިކަމަށެވެ. ނަމަވެސް ޑރ. ޖަމީލު ރަނިންމޭޓު ކަން ގަބޫލު ކުރެއްވީ ކެންޑިޑެސީގެ ބޭނުމުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަން އެނގިލައްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަމީލަށް ނޭނގި މިހާރު ދަނީ އެހެން ކެންޑިޑޭޓެއްގެ މަސައްކަތް ނިންމަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފޯމު ހުށަހަޅަން ކަނޑައަޅައިފައިވާ ވަގުތު ކުޑަތަންވާ އިރުވެސް އިދިކޮޅު ކޮންގްރެސަށް ކެންޑިޑޭޓެއް ނެރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ އަނިޔާވެރިކަން ބޮޑުވެ ބޭބެ ޖަލަށްލާ ހިސާބަށް ދިޔަ ވާހަކަ އެވެ. އެހާލަތަށް އަލުން ދާން ބޭނުން ނުވާނަމަ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮއްވަވާ ދެއްވުމަށް އެނާ އެދިލެއްވިއެވެ. އިމްރާން ވިދާޅުވީ ރާއްޖެ އަމާން ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.

ރާއްޖެ ފަހަތަށް ދާން ބޭނުން ނުވާ ކަންވެސް އިމްރާން ވިދާޅުވިއެވެ. ދިވެހިރާއްޖެ އަކީ ތަރައްގީ ވަމުން އަން ތަނަކަށާއި ރަށް ތަކަކީ އަމާން ކަމާއެކު އުޅެވޭނެ ތަނަކަށްހަދަން ޖެހޭކަމަށާއި އަދި ރައްޔިތުން ބޭނުންވާ ޒަމާނީ ވަސީލަތްތައް ހުންނަ ތަނަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ކުރެވޭނެ ކަމުގެ ޔަގީން ކަން އޮތީ ރައީސް އާއި އެކުގައި ހުނަވައިގެން ކަމަށް އެނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ހުންނެވީ އެހެން ކެންޑީޑޭޓުން ނަށް ވުރެ މާ ބޮޑަށް ކުރީގައި ކަމަށެވެ. ކުޑަ ރަށެއް ބުޑު ރަށެއް ނުބަލާ ހުރިހާ ރަށަކަށް ވެސް ތަރައްގީ ގެނެސް ދެއްވި ކަމަށާއި، މަޝްރޫތައް މެދުކެނޑުމެއްނެތި ިކުރިޔަށް ދާކަމަށާއި އަދި ރާއްޖޭގެ އިގްތިސާދު އަންނީ ފުދުންތެރިވެ ތަނަަވަސް ވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: