ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ވިސްނުން ހަޖަމު ނުވާ ބަޔަކަށް ރާއްޖޭގެ ރަށްތަށް ތަަރައްގީ ކުރެވޭނެތަ؟: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ވިސްނުން ހަޖަމު ނުކުރެވޭ ބަޔަކަށް ދިވެހިރާއްޖެ ތަރައްގީ ކުރެވޭނެ ގޮތާކާއިމެދު ސުވާލު އުފެދޭކަމަށް ހޯމް މިނިސްޓަރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިމްރާންވަނީ ޕީޕީއެމް/ޕީއެންސީ އަދި ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެފައެވެ. އޭނާވަނީ އެ ޕާޓީގެ ލީޑަރޝިޕުގައި ތިއްބަވަނީ ލާމަރުކަޒީ ވިސްނުން ހަޖަމު ނުކުރެވޭ ބައެއްކަމަށް އިޝާރާތްކުރައްވާފައެވެ. އެހެންކަމުން ލާމަރުކަޒީ ފިކުރަކާއި ހިޔާލުތަކެއް ނެތް ބަޔަކު ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށް ތަރައްގީ ކުރާނެ ގޮތަކާއިމެދު އިމްރާން ސުވާލު އުފެއްދެވިއެވެ.

އިމްރާން ވިދާޅުވީ، ރައީސް ޞާލިހު 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ހުވާ ކުރެއްވިއިރު، ދިވެހިރާއްޖޭގެ ލާމަޒުކަޒީ ނިޒާމު އޮތީ ދިރިހުއްޓާ ކަފުންކޮށް ވަޅުލަން ތައްޔާރުކޮށްފައިކަމަށެވެ. އެކަން އެގޮތުގެ މަތިން ކުރެއްވުމުގައި އެންމެ އިސް އެއް މޭސްތިރިއަކީ މުއިއްޒުކަމަށް ވިދާޅުވިއެވެ. އެގޮތުން ހުރިހާ ކައުންސިލުތަކުގެ ދޮރު ބަންދުކޮށް މެމްބަރުން ހައްޔަރުކޮށް ހެލިނުލެވޭ ގޮތް ހަދައި ކައުންސިލަރުންގެ މައްޗަށް ބޮޑެތި ފިޔަވަޅުތައް އެޅިކަމަށާއި ސަސްޕެންޑުކުރުން ފަދަ ފިޔަވަޅުތައް އެޅި އިރު އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުންނެވީ މުއިއްޒުކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އެހެންކަމުން މުއިއްޒު މިއަދު ކެމްޕެއިންގެ ތެރެއިން ކުޑަރަށެއް ބޮޑު ރަށެއް ނުބައްލަވާ ރަށްތައް ތަރައްގީ ކުރެއްވުމުގެ ވާހަކައިގެ އިތުރުން ލާމަރުކަޒީ ނިޒާމު ހިންގާނެކަމުގެ ވާހަކަތައް ދެއްކެވުމުން އެ ވާހަތައް ގަބޫލުކުރުން އެއީ ދުރުކަމެއް ކަމަށް އިމްރާން ސިފަކުރެއްވިއެވެ. އަދި އެ ވާހަކަތައް އަޑު އައްސަވާނެ މީހަކުވެސް ހުރިތޯ އިމްރާން ސުވާލު އުފެއްދެވިއެވެ.

އިމްރާން ވިދާޅުވީ، މުއިއްޒު ދައްކަވަމުންދާ ވާހަކަތައް ލާމަރުކަޒީ ފިކުރެއް އަދި ވިސްނުމެއް ހުރި މީހެއްގެ ކަންފަތަށް ނީވޭނެކަމަށާއި އަދި އެ ވާހަކަތައް ގަބޫލުކުރެވޭނީ އެއަށް ފަހުކަމަށާއި އެހެންނަމަވެސް ލާމަރުކަޒީ ނިމާޒުން ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދޭ އުފާވެރިކަމާއި ރާއްޖޭގެ ތަރައްގީގެ މިސްރާބު ހުރިގޮތްވެސް އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކަށް އެނގޭކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެން ގާނޫނު އިސްލާހު ކުރައްވައިގެން ކައުންސިލުތައް ބާރުވެރިކުރެއްވިކަމަށާއި ކައުންސިލުތައް ހިންގުމަށްޓަކައި ބަޖެޓުވެސް ފަހިކޮށްދެއްވިކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ކައުންސިލުގެ އިދާރާތަކުގެ އިމާރާތްތަކުގެ ސަބަބުން ބައެއް ދަތިތައް ކުރިމަތިވަމުދާކަމަށްވުމުން އެކަން ހައްލުކުރެއްވުމުގެ ގޮތުން ހުރިހާ ރަށެއްގެ ކައުންސިލުތަކުގެ އިމާރާތްތައް އާކޮށްދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: