ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއެރުމަށް އެހީވާނަން، ގައުމު ހިންގުމުގައި ބަސް ބުނުމުގެ ޖާގަ ދޭނީ ޒުވާނުންނަށް: އިލްޔާސް

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ލިބިވަޑައިގެންފި ނަމަ ދައުލަތުގެ އެކި މަގާމުތަކަށް ޒުވާނުން އައްޔަނުކޮށް، ގައުމު ހިންގުމުގައި ބަސް ބުނުމުގެ ޖާގަ ދޭނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކާއި އެކު ޕާޓީން ވަކިވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް އުފައްދަވައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިލްޔާސް ވާދަކުރުމަށް ތާއީދު ކުރެއްވީ އައު ޖީލަކަށް ފުރުސަތު ދޭން ޖެހޭކަމަށް ވިދާޅުވެ އެވެ. އަދި ޒުވާނުންނަށް ގައުމު ހިންގުމުގައި ބަސް ބުމުގެ ޖާގަ ދީ، ބަދަލުތަކެއް ވެސް ގެންނަން ޖެހޭކަމަށް ބުނެ އެވެ.

ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ކުރިޔަށް ގެންދިޔަ ބަހުސްގައި އިލްޔާސް ރޭ ވިދާޅުވީ، ރާއްޖޭގެ ޒުވާނުން މިއަދު ތިބީ އަޅުވެތިކަމެއްގެ ތެރޭގައި ތާށިވެ ނިކުންނާން ބޭނުންވެފައި ކަމަށެވެ. އިލްޔާސް ވިދާޅުވީ އެތައް ޒުވާނުންނެއް ސަރުކާރުގެ އެކި ވަޒީފާތަކުގައި ތިބި އިރު، އަމިއްލަ މަސައްކަތް ކުރާ ޒުވާނުން ވެސް އެބަތިބި ކަމަށެވެ. އެކަމަކު އެ ޒުވާނުން ބިރެއްގެ ތެރޭގައި ތިބެން ޖެހިފައި ވަނީ މަސައްކަތަށް އަސަރު ކުރާ ގޮތަށް ކަރުގައި އަޅުވާފައިވާ މަޅިއެއްގެ ސަބަބުންކަމަށާއި، ޕްރޮޖެކްޓުތަކާއި ލޯނުތައް މެދުވެރިކޮށް ސިޔާސީ ގޮތުން ފިއްތާފައި ތިބުމުން އެކަމުން ސަލާމަތްވާ އެ މީހުން ބޭނުންވާ ކަމަށެވެ.

ވެރިކަން ލިބިވަޑައިގެންފި ނަމަ އެފަދަ ބާރުވެރިކަމަށް ނިމުމެއް ގެންނާނެކަމަށާއި، ޒުވާނުންނަށް މިނިވަންކަން ހޯދައިދީ ހަމަޖެހޭ ފަސޭހަ މިނިވަން ދިރިއުޅުމަކަށް ޖާގަ ދޭނެކަމަށް އިލްޔާސް ވިދާޅުވި އެވެ.

ކޮންޓްރެކްޓު ކުދިން ކަނޑާލާނެ އިންތިހާބު ނިމުމާއި އެކު… މި އަންނަނީ އެ ކުދީންނަށް ވަޒީފާ ދޭން..

އިލްޔާސް ވިދާޅުވީ ޒުވާނުންނަށް ވިޔަފާރިތައް ފެށުމަށް ފުރުސަތުދީ، ސްޓާޓްއަޕަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އާމްދަނީ އިތުރު ވާނެ ވަސީލަތްތައް ހަރުދަނާ ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ ރައްޔިތުންގެ އާމްދަނީ ފަސް ގުނަ ކުރުމަށެވެ. ކޮންމެ ރައްޔިތެއްގެ ވެސް އާމްދަނީ އިތުރުކޮށް ދީ، ރައްކާ ކުރެވޭނެ މަގު ހޯދައިދޭން ވައުދުވާކަމަށް އިލްޔާސް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: