ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް/ޕީއެންސީއިން ވަނީ ޖަލަށްލާނެ މީހުންގެ ލިސްޓެއް ތަރުތީބުން އަތުރާފަ: އިމްރާން

އިމްރާން ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީއިން މަސައްކަތް ކުރައްވަނީ ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލުމަށްކަމަށާއި، ވެރިކަން ލިބިއްޖެނަމަ ޖަލަށްލާނެ މީހުންގެ ލިސްޓެއް މިހާރުވެސް އެކުލަވާލާފައި އެބައޮތްކަމަށް އެމްޑީޕީއާއިއެކު ދެވަނަ ދައުރެއް ހޯދުމަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމްޑީޕީއަށް ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރޭ ކެމްޕެއިން ޓިމުތަކާއިއެކު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމުގެ ދައުރުގައި ފާއިތުވެގެން ދިޔައީ އަމާން ފަސް އަހަރުކަމަށެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސިގެ ވެރިކަމަށް އައިސްފިނަމަ 2013 އާއި 2018 އާއި ދެމެދު އޮތް އަނިޔާވެރިކަން އިޔާދަވާނެކަމަށެވެ.

އެގޮތުން ސިޔާސީ ލީޑަރުން ތިއްބަވާނީ ޖަލުގައިކަމަށާއި، މިހާރުވެސް ޖަލަށްލާނެ ބޭފުޅުންގެ ލިސްޓެއް ޕީޕީއެމް/ޕީއެންސީއިން ތައްޔާރުކޮށްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ މަސް ދުވަހު ތެރޭގައި ޖަލަށްލާން މީހުންނާއި، އެއަށްފަހު އެކަން ކުރާނީ ތަރުތީބު އެކުލަވާލާފައިވާކަމަށް އިމްރާން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެމްޑީޕީގެ މެންބަރުންގެ މެދުގައި ނުތަނަސްކަން އެބަ އޮތްކަމަށް ފާހަގަކޮށް އިމްރާން ވިދާޅުވީ، މުއިއްޒު ވެރިކަމަށް ގެނައުމަކީ ބުއްދިވެރި ބަޔަކު ކުރައްވާނެކަމެއް ނޫންކަމަށެވެ

ތިބޭފުޅުން ބައްލަވަމުން ގެންދަވާ އިނގޭތޯ ލިސްޓުތައް އެބަ ހުއްޓޭ އިނގޭތޯ. ފުރަތަމަ މަސް ދުވަހު ތެރޭ ޖަލަށްލާން ޖެހޭ މީހުން. ދެވަނަ މަސް ތެރޭ ޖަލަށް ލަން ޖެހޭ މީހުން. ދައުރު ނިމޭއިރު ޖަލަށް ލާންވާ މީހުން. ލިސްޓު އެބަ ހުއްޓޭ އިނގޭތޯ.

އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުމަށްފަހު ދަތިތަކަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. އެއަށްފަހު 2018 ވަނަ އަހަރު އޮތް އެމްޑީޕީގެ ވެރިކަމުގައި މި މައްސަަތައް ހައްލުކޮށްދެއްވާ، ހަމަޖެހުން ގާއިމްކޮށްދެއްވި ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ހީކުރި ވަރުގެ ނަތީޖާއެއް ނުލިބުނުކަމަށް ފާހަގަކޮށް އިމްރާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެތައް އަހަރަކު ސިޔާސީ މަސައްކަތުގައި އުޅުއްވި ބޭފުޅުން އަނެއްކާވެސް މިއަދު ނިކުމެ އެތިބީ ގައުމު ދޫކޮށްލައިފިނަމަ މިސްރާބު އޮޅޭނެކަން އެނގިލައްވާތީކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޕީޕީއެމް/ޕީއެންސީއިން ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލުމަށްފަހު ޑިމޮކްރަސީ ހަލާކުކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށެވެ. އެންމެން ގުޅިގެން މަސައްކަތްކޮށް އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކޮށްދެއްވަން ޖެހެނީ ރައީސް ސާލިހަކީ އިހުލާސްތެރި ވެރިއަކަށްވާޓީކަމަށް އިމްރާން ވިދާޅުވިއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: