ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ތާރިގު ތި އުޅެނީ ހުވަފެނެއް ފެނިގެންތަ؟: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ޕީއެންސީގެ ކެންޑިޑޭޓާއި ގުޅުއްވުމަށް މަސައްކަތްކުރަމުންދާކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު ވިދާޅުވުމާއިއެކު އޭނާ ހުވަފެން ބައްލަވަނީތޯ އިމްރާން ސުވާލު ކުރައްވައިފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއިއެކު ރިޔާސީ އިންތިހާބުގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި އޮތް އެމްޑީއޭ ވަކިވެފައިވުމާއިއެކު، ޠާރިގުވަނީ ސިޔާމް ނެންގެވީ ބުއްދިވެރި ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އިމްރާން މުއިއްޒުއަށް ފޯނުން ގުޅުއްވުމަށް މަސައްކަތްކުރައްވަމުންދާކަމުގެ ހަބަރުތައް ލިބެމުންދާކަމަށެވެ.

ޠާރިގު ވިދާޅުވީ، ސަރުކާރުން އެއްވެސް ހިއްސާއެއް އަދާލަތަށް ދެވެން ނެތްކަމަށާއި އެހެންނަމަވެސް އިމްރާނާއި އަދާލަތުގެ މެމްބަރުން އަންނަން ބޭނުން ނަމަ ޕީއެންސީ އާއި ގުޅުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި ކުރާ ކޮންމެ މަސައްކަތަކަށްވެސް އުޖޫރައެއް ލިބޭނެކަމަށް އޭނާ ބުނެފައިވެއެވެ.

ޠާރިގަށް ރައްދު ދެއްވައި އިމްރާން ވިދާޅުވީ، އޭނާ ރައީސް ސާލިހާއިއެކު ނުކުމެ ހުންނެވީ ރައްޔިތުންގެ ހައްގުގައިކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީ ފެނިގެންދަނީ ރައްޔިތުންނާއި ގައުމަށް ހުރި ބިރުވެރި ނުރައްކަލެއްގެ ގޮތުގައިކަމަށާއި އިރާދަކުރެއްވިއްޔާ އިންތިހާބު ކާމިޔާބުކުރާނެކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީއޭ ވަކިވުމާއިއެކު އެމްޑީޕީއަށްވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފައެވެ. އެހެންނަމަވެސް އަދާލަތު ޕާޓީއިންވަނީ އެ ކަމާއި ގުޅޭގޮތުން އެކްސްއެއް ކޮށް ބަޔާނެއް ނެރިފައެވެ. އެ ޕާޓީއިންވަނީ ރައީސް ސާލިހާއިއެކު ތިބޭނެކަމަށް ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: