ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހާއި އެއްވަރުކުރާ އަހުލާގެއް މުއިއްޒު ކިބައިގައި ނެތް: އިމްރާން

އިމްރާން ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކިބައިން ފެނިގެންދާ އަހުލާގީ މިންގަނޑާއި ސިފަ ޕީއެންސީގެ ކެންޑިޑޭޓު ޑޜ މުހައްމަދު މުއިއްޒުގެ ކިބައިން ފެނިގެން ނުދާނެކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހަށް ތާއީދު ހޯދުމުގެ ގޮތުން އައްޑޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ރައީސް ސާލިހަކީ އޯގާވެރި ވެރިއެއްކަމަށެވެ. އޭނާ ވިދާޅުވީ އެމަނިކުފާނަކީ ކެތްތެރި މަޝްވަރާކުރައްވާ ވެރިއެއްކަމަށާއި ރުޅިމަޑު ހިކުމަތްތެރިކަމާއިއެކު މުއާމަލާތްކުރައްވާ ވެރިއެއްކަމަށެވެ.

އިމްރާން ވިދާޅުވީ، ރައީސް ސާލިހަކީ ރައްޔިތުންގެ އަޑު އައްސަވައިގެން އެދޭ ގޮތެއްގެ މަތިން އަމަލުކުރައްވާ ވެރިއެއްކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނަކީ ރައްޔިތަކު ކަމެއްގައި އެދުމަށް އައުމުން މޫނު މައްޗަށް އަތް ދޮވެލާފައި އަނބުރާ ފޮނުވާލާނެ ވެރިއެއް ނޫންކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓަކީ މައިންބަފައިންނާއި އާއިލާގެ އެންމެނަށްވެސް އޯގާތެރި ވެރިއެއްކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހަކީ އަވައްޓެރިންނާއި ރަހުމަތްތެރިންނާއިވެސް ލޮތްބާއެކު މުއާމަލާތްކުރާ ވެރިއެއްކަމަށެވެ. އިމްރާން ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒުގެ ކިބައިގައި އިސްވެ ދެންނެވި އެއްވެސް ސިފައެއް ނެތްކަމަށާއި ރައީސް ސާލިހާއި ގާތްކުރާ ހިސާބަށްވެސް ނާންނަކަމަށެވެ. އޭނާ ވިދާޅުވީ، އޭނާ އެ ވާހަކަތައް ދައްކަވަނީ ކަންކަން ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: