ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ތިބީ ހުޅުޖެހުމަށް ތައްޔާރަށް: ޝިޔާމް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިން، މާފުށި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ/ ފޮޓޯ: އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިންވަނީ އިންތިހާބުން ބަލިވެއްޖެ ހާލަތެއްގައި ތަންތަނުގައި ހުޅުޖެހުމަށް ރާވަފައިކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝީޔާމް ތުހުމަތުކުރައްވައިފިއެވެ.

ރާއްޖޭގައި ހަމަނުޖެހުން ނަގާލަން ބަޔަކު މީހުން މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކުރައްވައި ޝިޔާމްވަނީ މީގެ ދުވަސްތަކެއް ކުރިން އޭނާ ކުރެއްވި ޕޯސްޓަކަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނޫނީ ކުރިން ބައިގައި ވަކި މީހަކު ކާމިޔާބުކުރާނެކަން ސާފުކޮށް އެނގެން އޮތް އިންތިހާބެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ކެމްޕެއިން ޓީމަަށްވެސް އެކަން އެނގޭކަމަށާއި އެހެންކަމުން މިހާރު ރާވަމުންދަނީ ނަތީޖާ ލިބުމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށްކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކެމްޕެއިން ކުރަމުންދަނީ އަމާންކަމުގެ ނަމުގައިކަމަށް ފާހަގަކުރައްވާ ޝިޔާމްވަނީ ރައީސް ސާލިހަށް ފާޑުވިދާޅުވެފައެވެ.

ޝިޔާމް މިއަދު ކުރެއްވި ޕޯސްޓެއްގައި އޭނާވަނީ ކުރިން ދެއްވާފައިވާ އިންޒާރުތަކަކީ ހަދަ ހަދައިން ދައްކަވަމުންދާ ވާހަކަތަކެއް ނޫންކަމަށް ތަކުރާރުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ކެމްޕެއިން ޓީމުން އޮތީ އެކަން ކުރުމަށް ރާވާފައިކަމަށާއި، މިހާރު ތައްޔާރީތައް ވަރުގަދަ ކުރަމުންދާކަމަށް އޭނާއަށް އިތުބާރު ކުރެވޭ މަސްދަރަކުން މައުލޫމާތު ލިބެމުންދާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަމަނުޖެހުންތަކެއް ހިންގައި ހުޅުޖެހުމަށް ރާވާފައިވަނީ މާލޭގައިކަމަށްވެސް މައުލޫމާތު ލިބޭކަމަށާއި، އެހެންކަމުން ދިވެހި ފުލުހުންގެ މުއައްސަސާއިން އެކަން ހުއްޓުވުމަށް ގޮވާލައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: