ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީސް މިއަދު ހުއްޓާލީ ހުއްޓަން ޖެހޭ ގޮތަކަށް ނޫން: އަސްލަމް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯރަމް ހަމަނުވެގެން މިއަދު މަޖިލިސް ޖަލްސާ ހުއްޓާލިނަމަވެސް ޖަލްސާ ހުއްޓާލާފައިވަނީ ހުއްޓާލަންޖެހޭ ގޮތަކަށް ނޫން ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖުލީހުގައި އެމްޑީޕީ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ،ި އަސްލަމް ވިދާޅުވީ ކޯރަމް ހަމަ ނުވެގެން މަޖުލިސް މެދުކަނޑާލީ މީގެ ކުރިން އަމަލުކުރާ އުސޫލަކުން ނޫން ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވި ރައްޔިތުންގެ މަޖުލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލިސް ފައްޓަވާ ވިދާޅުވީ މަޖިލިހުގެ ކޯރަމް ހަމަނުވުމެގެ ސަބަބުން ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އަދި ދެން މަޖިލީޙުގެ ޖަލްސާއެއް ބާއްވާނެ ތާރީހެއް ވެސް އީވާ އިއުލާނު ކުރައްވާފައެއް ނުވެއެވެ.

އަސްލަމް ވިދާޅުވީ މަޖިލިސް ހުއްޓުވާލިއިރު މަޖިލިސް ގޯތި ތެރޭގައި ދަޑިމޮކްރޭޓްސް ޕާޓީއަށް ނިސްބަތްވާ މެމްބަރުން ތިއްބެވި ކަމަށާއި، މަޖުލީހުގެ ހޯލުތެރެއަށް ވަދެ ދޮރު ހުޅުވާ ބައްލަވާލެއްވުމަށް ފަހު ޑިމޮކްރެޓްސްގެ މެމްބަރުން ނިކުންނެވީ ކަމަށާއި ޖަލްސާ ހޯލަށްވަދެ ވަޑައިގެންފައި ނުވާ ކަމަށާއި، އެހެންކަމުން އެއީ ގަސްތުގައި ކުރެވި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

“މަޖިލިސް ހަމަވާ ވަރަށް މަޖިލިސް ގޯތި ތެރެއަށް މެމްބަރުން ހަމަވެފަތިބި. ކޯރަމް ހަމަނުވި ސަބަބެއް ނޭގޭ” އަސްލަމް

މިއަދުގެ މަޖިލިސްވެސް ހުއްޓާލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަވަނީ މަޖިލީހަށް ވައްދާފައެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ފާސްކޮށް، މި މައްސަލަ އިއްޔެ ހަވީރު މަޖިލީހަށް ހުށައެޅީ 48 މެންބަރުންގެ ސޮޔާއިއެކުއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު މި މައްސަލަަ ވަނީ އަނބުރާ ގެންގޮސްފައެވެ. މިހެން ކަން އޮތްއިރު، ހަމަ އެ ދައުރުގެ ތެރޭގައި އެއް މައްސަލައެއް އަނެއްކާ ހުށައަޅާތީ، ބަލައިނުގަނެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: