ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގާލީ ކޮމިޓީތަކަށް މައުލޫމާތު ދިނުމަށް ބައެއް އިދާރާތަކުން ގަދަ ހަދާ: ޝިޔާމް

ނައިފަރު ދާއިޜާގެ މެންބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިގާލީ މަރުހަލާގެ ތެރެއިން ޓްރާންސިޝަން ކޮމިޓީތަކުން މައުލޫމާތު ހޯދަން ދިއުމުން ބައެއް މުއައްސަސާތަކުން މައުލޫމާތު ދިނުމަށް ދެކޮޅު ހެދިކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް ނުފޫޒު ފޯރުވާކަމުގެ ކަންބޮޑުވުންތަކާއިއެކު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށައެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކަށް ފުރިހަމަ އެއްބާރުލުން ދޭ މުއައްސަސާތައް ހުރި ނަމަވެސް، ކަންބޮޑުވުމަކީ ބައެއް މުއައްސަސާތަކުން އެއްބާރުލުން ނުދެއްވާތީކަމަށެވެ.

ޝިޔާމް ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބައެއް ލިޔެކިޔުންތައް އަންދާފައިވާކަން ފާހަގަކުރައްވާފައެވެ. މިއީ ތަހުޒީބު މުޖްތަމައުއެއްގައި ކަންކަން ހިންގަން ޖެހޭނެ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.

ބައެއް އިދާރާ ތަކުން ވަރަަށް އެބަ ގަދަ ހަދާ. ގަދަ ހަދާ ތަންތަނުން އަޅުގަނޑުމެންނަށް މި ފެންނަނީ ތިލަފުށި ތަންތަނަށް ގެންގޮސް ކޮންކްރީޓް ގަށާ މެޝިނަށް އަޅައިގެން ބައެއް ކަހަލަ ކަރުދާސްތައް އަންދާތަން، މިހެން ނަހައްދަވާ.

ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ ފައިސާ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ފާހަގަކޮށް، ޝިޔާމް ވިދާޅުވީ އެގޮތަށް އެކަންކޮށްގެން ނުތިބެވޭނެކަމަށާއި، އެކަމަށް ރާއްޖޭގެ ތާރީހުން ހެކިދޭކަމަށެވެ.

އަނެއްކާވެސް ޕީޕީއެމް/ޕީއެންސީއަށް އޮތީ ގައުމު ހަމަ މަގަށް އެޅުވުމަށް ފުރުސަތު ލިބިފައިކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރުގައި މިފަދަ ކަންކަން ނުހިނގާނެކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީއާއި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ގެ ވައުދަކީވެސް އަމާނާތްތެރިކަމާއެކީގައި ޒައާމަތެއް ފުރިހަމަ ކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެރިކަމުގައި ނުތިބެވޭނެ، އެކަމަކީ ރާއްޖޭގެ ތާރީހުންވެސް ދައްކާ ހަގީގަތް.

ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި އަނޑި ނޭގޭ ކަންކަން ހިންގާކަމަށް ތުހުމަތު ކުރައްވާފަދަ މޭރުމަކުން ވާހަކަދައްކަވާ ޝިޔާމް ވަނީ ގައުމުގެ ދަރަނި ހުރި މިންވަރާއި މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އެގޮތުން ދަރަނި 121 ބިލިއަންއަށް އަރާފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ކުންފުނިތަކުން ބިލް ނުކުރާ އެތަށް ބިލިއަން ރުފިޔާ ހަރަދުކޮށްފައި އެބަހުރިކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަންކަން އިންތިގާލީ މަރުހަލާގެ ތެރެއިން ހާމަވަމުން ދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: