ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯރަމް ހަމަނުވެގެން މަޖިލިސް ޖަލްސާ ނިންމާލާއިފި

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖީިލީހަށް ހާޒިރުވާން ޖެހޭ މެމްބަރުންގެ އަދަދަށް ކޯރަމް ހަމަނުވެގެން މިއަދު މަޖިލިސް ޖަލްސާ ނިންމާލައިފިއެވެ.

މަޖިލިސް ޖަލްސާ ނިންމާލާފައިވަނީ ގާނޫނު ބުނާ މިންވަރަށް މެމްބަރުން ހާޒިރުވެފައި ނުވާތީ ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ. މަޖިލިސް ކޯރަމް ހަމަވާން ބޭނުންވާ ޖުމްލަ އަދަދަކީ 22 މެމްބަރުންނެވެ.

މިއީ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 14 ވަނަ ޖަލްސާއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ރިޔާސަތުން ހުށައަޅާ ކަންކަމުގެ ތެރޭގައި އޮތީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްއަށް ބަހުސް ކުރުމެވެ.

މީގެއިތުރުން ސަރުކާރުގެ ފަރާތުނ،ް ކެނދިކުޅުދޫ ދާއިރުގެ މެންބަރު އަޙްމަދު ޢީސަ ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ޓޫރިޒަމް އާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ އިސްލާހަށް ބަހުސް ކުރުމަށް އެޖެމްޑާ ކޮށްފައިވާއިރު މަޑުއްވަރި ދާާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ދިވެހިއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދިއުމެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުނ،ް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވުން ހިމެނެއެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވުންވެސް އެޖެންޑާގައި ހިމެނުއްވާފައި ވެއެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: