ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އިސްތިއުފާގެ ސިޓީ ނުލިބޭ: ޝިޔާމް

ސެނެޓުގެ ބައްދަލުވުމުގެ ތެރެއިން ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ އިސްތިއުފާދެއްވިކަމުގެ ސިޓީއެއް ރަސްމީކޮށް ލިބިފައިނުވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި ޕީޕީއެމްގެ ނައިބުރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މީރުމާ ހޮޓެލްގައި ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގައި ދެކެވުނު ވާހަކަތައް ހިއްސާ ކުރައްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ޕީޕީއެމް ޕިއެންސީއާއި ދެމެދު އެއްވެސް ކަހަލަ ދެބަސްވުމެއްނެތް ކަމަށެވެ. އަދި ދެ ޕާތީވެސް ދާނީ އެކުގައި ކުރިއަށް ކަމަށާއި އަމާޒަކީ ކުރިއަށްއޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރުން ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މަޖިލީހުގައި ދެ ޕާޓީ ވާދަ ކުރައްވާނީ ވަކިން ތޯ ނުވަތަ އެއްކޮށް ތޯ ވަނީ މަޝްވަރާކުރައްވާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މަޝްވަރާގެ މަތިން ނިންމި ނިންމުމަކީ ދެ ޕާޓީ އެކުގައި މަސައްކަތް ކުރެއްވުން ކަމަށާއި އަދި އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ނެގުންކަމަށެވެ. ސަރުކާރެއް ހިންގުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ މަޖިލިސް ކޮންޓްރޯލް ކުރުން ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ މަޖިލީސް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކުރެއްވުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެކަމަށެވެ.

މަޖީލިސް އިންތިހާބު ކާމިޔާބު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ސަރުކާރަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނީ މަޖިލީހުގެ ގޮނޑިތަށް ކާމިޔާބު ކޮށްގެން ކަމަށާއި އަދި ރައްޔިތުންގެ ވައުދުތަށްފުއްދުމުގައި މަޖިލީހަކީ ވަރަށް އިސް ރޯލެއް އަދާކުރައްވާ ތަނެއް ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކުރުމާއި މެދު އެއްވެސް ޝައްކެއް އެމަނިކުފާނުގެ ނެތްކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގާބީލް ކަމަށް ކުޅަދާނަ ބޭފުޅެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 47%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 53%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: