ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުން: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ ގާތަށް ގޮސް ކަންބޮޑުވުންތައް ދެނެގަނެ އެކަންކަމަށް ޖުމްލަ ހައްލެއް ހޯދުންކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި މިނިސްޓަރު ޝިޔާމް ދެއްކެވި ވާހަކަތައް ހަނދާން ނެތުނީތޯ ސުވާލުކޮށް މަސްވެރިކަން ކުރައްވާ މީހަކު ސޯޝަލްމީޑިއާގައި ޝާއިއުކުރެއްވި ސިޓީއެއް ވާހަކަތައް މީޑިއާތަކުން ރިޕޯޓުކުރުމާއިއެކު ޝިޔާމްވަނީ އެކަމަށް އަލިއަޅުއްވައި އެކްސްއެއް ކުރައްވާފައެވެ،

އެމަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްސަލައަކީ ރައީސް މުއިއްޒު މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ހައްލުކުރެއްވުމަށް މަސައްކަތްކުރައްވަމުންދާ އެއް މައްސަލަކަމަށެވެ. އަދި އެ ސިޓީއާއިއެކު އެތައް މަސްވެރިއެއްގެ ހައްގުގައި އަޑުއުފުލެވިފައިވާކަމަށެވެ. އެހެންކަމުން އެކަމަށް ޝުކުރު އަދާކުރައްވާކަަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަކީ ދައްކާ ވާހަަކަތައް ހަނދާން ނައްތާލާނެ ބައެއް ނޫންކަމުގެ ޔަގީންކަން އަރުވާކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ސަރުކާރުން ލަސްތަކެއް ނުވެ ދާއިމީ ހައްލެއް ހޯއްދަވާނެކަމަށް ފާހަގަަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސޯޝަލްމީޑިއާގައި ސިޓީ ހިއްސާކުރެއްވި ފަރާތާއި ފޯނުން ގުޅުއްވިކަމަށާއި މުހިންމު ވާހަކަތަކެއް ދެކެވިގެންދިޔަކަމަށެވެ. ޝިޔާމް ވިދާޅުވީ، އެ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެކަަމަށާއި ގިނަ މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމުލަ ހައްލެއް ހޯދުމަށް މަސައްކަތްކުރުންކަަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: