ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޯނިއާ އަދި ހެލިކަޕްޓަރުތައްވެސް ދުއްވަމުންދިއުމާއިމެދު ދެ ގައުމުން މަޝްވަރާކުރި: އިންޑިއާ މީޑިއާ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ވައިގެ އުޅަނދުތަކާއި ވަސީލަތްތަކުގެ ކުރިމަގާއިމެދު ދެ ގައުމުން މަޝްވަރާކޮށްފިކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ “ދަ ޕްރިންޓް” އިން ބުނެފައިވާގޮތުން، ޑުބާއީގައި ކުރިއަށް ގެންދިޔަ ކުރު ބައްދަލުވުމެއްގައި ދެ ގައުމުގެ ސަރުކާރުންވަނީ އިންޑިއާއިން ރާއްޖޭގައި އިންސާނީ އެހީ އަދި ކާރިސާތަކުގައި އެހީ ދިނުމުގެ ގޮތުން ދުއްވަމުންދާ އަސްކަރީ ވައިގެ އުޅަނދުތަކުގެ މައުލޫއަށް އަލިއަޅުވާފައެވެ. އެ ނޫހުން މި މައުލޫމާތުތައް ޝާއިއުކޮށްފައިވަނީ ހަވާލާ ދީފައިވާ މަސްދަރު ހާމަނުކޮށްކަން ފާހަގަކުރެވެއެވެ.

ނޫހުން ބުނެފައިވާގޮތުން މައުލޫމާތު ދީފައިވަނީ ކަމާއި ގާތުން ހަރަކާތްތެރިވާ މީހެކެވެ. އަދި ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ އާއި ރައީސް ޑރ މުހައްމަދު މުއިއްޒު ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އިންޑިއާގެ އަސްކަރީ އުޅަނދުތައް ދުއްވަމުންދިއުމުގެ ބޭނުންތެރިކަމާއިމެދުވެސް މަޝްވަރާތައް ކުރެވިގެންދިޔަކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޝާއިއުކޮށްފައިވާގޮތުން، އިންޑިއާ ސިފައިން ބޭލުމާއިމެދު ކުރެވިގެންދިޔައީ ކުޑަ މަޝްވަރާއެކެވެ. އެހެންނަމަވެސް ދެ ފަރާތުންވެސް ވަނީ އިންޑިއާ ރާއްޖޭގެ ގުޅުމުގެ ތެރޭގައި ޑޯނިއާ އަދި ހެލިކޮޕްޓަރުތައް މުހިންމު ދައުރެއް އަދާކުރާކަމަަށްވެސް އެއްބަސްވެފައިކަމަށްވެސް ރިޕޯޓުގައިވެއެވެ. އަދި އެކަމަކީ އިންޑިއާ ރާއްޖޭގެ ގުޅުމުގެ މުހިންމު ބައެއްކަމަށާއި އެތަކެތި ބޭނުންކުރަމުންދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި އަލިއަޅުއްވާފައިވާކަމަށް މަސްދަރުތަކުން ހާމަކުރާކަމަށްވެސް ބުނެފައިވެއވެެ.

ދަ ޕްރިންޓުން ބުނާގޮތުން، ޑުބާއީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މޯދީ ވަނީ ރައީސް މުއިއްޒު އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރެވިދާނެ މުހިންމު އެތައް ކަމަކާއިމެދު މަޝްވަރާކުރެވުނުއިރު، އެކަމުގެ ތެރޭގައި ރައްޔިތުންގެ ދެމެދު ކުރެވޭ އާންމު މުއާމަލާތްތައް އިތުރުކުރުމާއި ތަރައްގީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުންވެސް ހިމެނޭކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: