ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސަރުކާރުން ބާރުއަޅަނީ ސިފައިން ބޭތިއްބުމަށް: އިންޑިއާގެ މީޑިއާތައް

ރައީސް އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭތިއްބުމަށް އެ ގައުމުގެ ސަރުކާރުން ބާރުއަޅަމުންދާކަމަށް އިންޑިއާގެ މަޝްހޫރު ނޫހަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ “ޑީކަން ހެރަލްޑް” އިންވަނީ ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރިޕޯޓެއް ޝާއިއުކޮށްފައެވެ. އެގޮތުން އިންޑިއާގެ ސަރުކާރުން ރާއްޖޭގައި ތިބި ސިފައިންނަށް ގާއިމުވެގެން ތިބެވޭ އިންތިޒާމުތައް ހަމަޖެއްސުމަށާއި ވަސީލަތްތައްވެސް ރާއްޖޭގައި ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ގައުމުން އެކަމަށް ބާރު އަޅަމުންދާކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު މައުލޫމާތު ދިންކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާ އަދި ރާއްޖޭގެ ސަރުކާރުންވަނީ ސިފައިން ތިބުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ދެ ގައުމުގެ މަންދޫބުން ހިމެނޭހެން ކޮމިޓީއެއް އެކުލަވާލާފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ކުރެވެމުންދަނީ “ޕްރައިވެޓު” ގޮތަކަށް ކަމަށްވުމުން މައުލޫމާތު ދިން ފަރާތުންވަނީ ނަން ނުޖެހުމަށް ޝަރުތުކޮށްފައިކަމަށްވެސް ބުނެފައިވެއެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާ އާއިއެކު ސިފައިންތައް ބޭލުމަށް އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަމަށް އިއުލާނުކޮށްފައިވާނަމަވެސް އިންޑިއާގެ ސަރުކާރުން އެ ކަމަށް ކޮމެންޓެއް ކޮށްފައިނުވާކަމަށްވެސް ރިޕޯޓުގައިވެއެވެ.

ކޮޕް28ގައި ބައިވެރިވި އިންޑިއާގެ އޮފިޝަލުން މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން އިންޑިއާގެ ސިފައިން މަދުކުރުމާއިމެދު ނުވަތަ ބޭލުމާއިމެދު ކުދަ މަޝްވަރާއެއް ކުރެވިފައިވެއެވެ. އަދި ރާއްޖޭގެ ސަރުކާރުންވަނީ އިންޑިއާގެ ވަސީލަތްތަކުގެ މުހިންމުކަން ބަލައިގެންފައިކަމަށްވެސް ބުނެފައިވާކަމަށް ރިޕޯޓުގައިވެއެވެ.

އިންޑިއާ ސިފައިން ބޭލުމާއި ދެކޮޅަށް އެ ގައުމުގެ ވިސްނުންތައް ހުރިކަމަށް އެ ގައުުމުގެ މީޑިއާތަކުން ރިޕޯޓުކުރާއިރު ރައީސް މުއިއްޒުވަނީ ދާދި ފަހުން މި މައްސަލައާއިމެދު ވާހަކަދައްކަވާފައެވެ. އެގޮތުން އިންޑިއާގެ އެކި އޮފިޝަލުންތަކާއިއެކު ބޭއްވުނު ބައްދަލުވުންތަކުގައިވެސް އެ ކަންބޮޑުވުންތައް ހިއްސާކުރެއްވިކަމަށާއި އިންޑިއާއިންވެސް ދިވެހި ރައްޔިތުންގެ ވިސްނުންތަކާއި ދެބަސްނުވާކަމަށް ވިދާޅުވިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: