ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި އިންޑިއާއާއި ގުޅޭގޮތުން ދެއްކި ވާހަކަތައް ރައްޔިތުންނަށް ސާފުވާން ޖެހޭ: ޝަހީމް

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ރައްޔިތުންނަށް ރަނގަޅު މައުލޫމާތުތައް ފޯރުކޮށް ދީ، އިންޑިއާގެ ސިފައިންގެ އަދަދުތައް ސާފުކޮށް ނުދެވޭނަމަ ފިޔަވަޅު އަޅަން ޖެހޭކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން ދޮގު މައުލޫމާތުތައް ފަތުރާފައިވާކަމަށް ބުނެ، އެމްޑީޕީން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އެބައޮތްކަމަށާއި އެ ގައުމާއި އެކުވެފައިވާ އެއްބަސްވުންތަކުގެ ދަށުން ބޭރުގެ ސިފައިން ގާއިމުވެ ތިބުމަށް ފުރުސަތު ދޭ ކަމަށެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ، ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ރާއްޖެއިން ސިފައިން ފޮނުވާލުމެވެ.

މިކަމާއި ގުޅޭގޮތުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިއާގެ ސިފައިންގެ ޖުމްލަ އަދަދު އަދިވެސް ސާފުނުވާކަމަށާއި، ލިޔެކިއުންތައް ދިރާސާ ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަހީމް ވިދާޅުވީ، ވެރިކަމަށް އައުމަށް ކުރެއްވި ކެމްޕެއިނުގައި ރައީސް މުއިއްޒު ރައްޔިތުންނަށް އޮޅުވާލައި ދެއްވީ ދޮގު މައުލޫމާތުތައް ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފައިވާކަމަށާއި، އެހެން ގައުމުތަކުގެ ނުފޫޒު އެބައޮތްކަމަށް ދެކެވުނު ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަން މިއަދު ހާމަވަމުން ދާކަމަށް ޝަހީމް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ފާރަވެރިވުމަށް ގޮވާލައި، ޝަހީމް ވިދާޅުވީ މިފަދަ މައްސަލަތައް ބެލުމުގެ ބާރު އޮތްތަނަކީ ވެސް އެއީ ކަމަށެވެ. އެހެންކަމުން، އެޅެން އޮތް ފިޔަވަޅަކަށް ބަލާއިރު އޭނާ ވިދާޅުވި ގޮތުގައި އެއީ ރައީސް މުއިއޒުގެ ނޯ ކޮންފިޑެންސް ވޯޓެއް ނެގުމެވެ.

ޝަހީމް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ދިމާވި ކޮންމެ ދަތި ހާލަތެއްގައި އެހީތެރިވި އުހުތެއް ކަމަށާއި، މި ގައުމަށް ދިމާވި އެންމެ އުނދަގޫ ކަންކަމުގައި އެންމެ އަވަހަށް އަތުގައި ހިފަނީ އިންޑިއާ ކަމަށެވެ. އެ ގައުމުން ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ފަސޭހަ ކުރުމުގެ ނަތީޖާއަކީ، ޝަހީމް ވިދާޅުވީ ގޮތުގައި ދިވެހިންގެ ބޭސްފަރުވާގެ ގިނަ ކަންކަމަށް ބަރޯސާވުންކަމަށް ޝަހީމް ވިދާޅުވި އެވެ.

ސަރިކާރުގެ ފުރިަހަމަ ބާރު ލިބިފައިވާއިރު، އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް ސާބިތުނުކޮށް ދެވިއްޖެ ނަމަ ނޯ ކޮންފިޑެންސަކަށް ދާން ޖެހޭ

ޝަހީމް ވިދާޅުވީ މި ހުރިހާކަމެއްގެ ތެރެއިން ވެސް، އިންޑިއާގެ ރައްޔިތުން ދިވެހިން ދެކެނީ ގާތް ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އަމަލުތައް ބަަހައްޓަނީ ވަރަށް އިހުތިރާމާއި އެކު ކަމަށެވެ. އެކަމަކު އިންޑިއާއާއި، ދިވެހިންނާއި ދެމެދު މައްސަލަތައް އުފެދޭ ވާހަކަތައް ދެއްކުމުގެ ސަބަބުން ކުރިޔަށް އޮތީ ބަނަ ދުވަސްތަކެއްކަމަށް ޝަހީމް ވިދާޅުވި އެވެ.

އެހެންކަމުން މި މައްސަލަ ގާތުން ބަލަން ޖެހޭކަމަށާއި، ރައްޔިތުންނަށް ސަރުކާރަށް ރަނގަޅު މައުލޫމާތު ފޯރުކޮށް ނުދެވޭނަމަ އެކަމަށް ފިޔަވަޅު އެޅުމަށް ޝަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: