ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮގު ހަދައި އޮޅުވާލައިގެން ވެރިކަމަށް އައުމަކީ އާންމުކަމެއް: ޖާބިރު

މެންބަރު އަބްދުﷲ ޖާބިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވާލައި، ދޮގު ހަދައިގެން ރާއްޖޭގެ ވެރިކަމަށް އައުމަކީ އަބަދުވެސް ރިޔާސީ އިންތިހާބުތަކުގައި ކަން ހިނގާފައިވާ ގޮތްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ސިފައިންގެ މައްސަލަ ސާފުކޮށްދިނުމަށް ގޮވާލައި، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން، އަހުމަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ދެކެވުނު ވާހަކަތަކާއި، އަދި މިހާރު ވެސް އާންމުވަމުން ދާ ވާހަކަތަކުގެ ހަގީގަތް އެނގެން ޖެހޭ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ، އޮޅުވާލުމާއި ދޮގު ހަދައިގެން ވެރިކަމަށް އައުމުގެ ވާހަކަތައް ދައްކާނަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް ފަހު ފެނުނު މަންޒަރަކީ އެއީ ކަމަށެވެ. ދޮގު ހަދައި، ސަރުކާރާއި ދެކޮޅަށް ވާހަކަތައް ފަތުރައިގެން ވެރިކަމަށް އައުމަކީ އަދި މަޖިލީހަށް އައުމަކީ ވެސް އަބަދުވެސް ކަން ހިނގާ އުސޫލުކަމަށް ޖާބިރު ވިދާޅުވި އެވެ.

ރައްޖެއަކީ މިނިވަން ގައުމެއްކަމަށާއި، ރާއްޖޭގެ އެއްވެސް ސަރުކާރަކުން ގައުމުގެ އިސްތިގުލާލަށް ގެއްލުންވެ ބުރޫއަރާ ފަދަ ގޮތަކަށް ސިއްރިއްޔާތުގައި އެއްބަސްވުންތަކެއް ހަދާފާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ ނަވާރަސްތޭކައިގެ އަހަރުތަކުން ފެށިގެން މިހާތަނަށް އައިއިރު އެއްވެސް އިރެއްގައި ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ނެތް ކަމަށެވެ.

މިއަދު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުވެއްޖެ.. ތިޔަ ވިދާޅުވާކަމެއް ނެތްކަން.. އަދި އެ ވިދާޅުވާ ނަމްބަރުތައް ތަރުތީބު ނުވާކަން..

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދައުރު ހަމަވާން ގާތްވެފައި ވަނިކޮށް، އެންމެ ބޮޑަށް ދެކެވުނީ އިންޑިއާގެ ސިފައިންގެ ވާހަކަތައްކަމަށާއި ބައެއް ރަށްތަކުގެ ވާހަކަ ވެސް އެކަމުގައި ދައުރުވިކަމަށް ޖާބިރު ވިދާޅުވި އެވެ. އެހެންވެ ޖާބިރު ވެސް އެދިވަޑައިގަތީ، ސަރުކާރުން މިކަން ސާފުކޮށްދީ ރައްޔިތުންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ވެސް މިއީ އެނގޭ މައުލޫމާތުތަކަށް ނުވާއިރު، އެކަން އިތުރަށް ސާފުކޮށް ދޭން އެމްޑީޕީން ކުރީ ކީއްތޯ ޖާބިރު ސުވާލު އުފެއްދި އެވެ. އޭނާ ވިދާޅުވީ އެމޑީޕީގެ މާކެޓިން އާއި ޕީއާރު ވަރަށް ގޯސް ކަމަށެވެ. އަދި ބަޔަކު އޮޅުވާލައިގެން ވެރިކަމަށް އައި ވާހަކަތައް ދައްކާއިރު، އެމްޑީޕީގެ ހާލަތަކީ ވެސް އެއީކަމަށް ޖާބިރު ވިދާޅުވި އެވެ. އެއަށް ފަހު ޖާބިރު އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު ހޮވުމަށާއި، މަޖިލީހުގެ ނައިބު ރައީސެއް ހޮވުމަށް ޕީޖީގެ ތެރޭގައި ނެގުނު ވޯޓެވެ. އެވެސް އޮޅުވާލުމާއި، މަކަރު ހަދައިގެން ނިކުތް ނަތީޖާތަކެއްކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: