ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލޮމްބޯ ސެކިއުރިޓީ ޑައިލަގްގައި ރާއްޖެއިން ބައިވެރިނުވޭ

ރައީސް މުއިއްޒު އަދި ޑިފެންސް މިނިސްޓަރު ޣައްސާން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމާއި ގުޅުންހުރި ބައްދަލުވުމެއްކަމަށްވާ ކޮލޮމްބޯ ސެކިއުރިޓީ ޑަޔަލޮގްގައި ދިވެހިރާއްޖެއިން ބައިވެރިނުވުމާއި ގުޅިގެން އެ ބައްދަލުވުމުގެ އިހްތިސާސްގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކާއިމެދު ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ ” ދަ ޕްރިންޓް” އިން ބުނެފައިވާގޮތުން މި އަހަރުގެ ކޮލޮމްބޯ ސެކިއުރިޓީ ޑަޔަލޮގް ބައްދަލުވުން ކުރިއަށް ގެންދިޔައީ މޮރިޝަސްގައެވެ. އަދި އެ ބައްދަލުވުމަށް ރާއްޖޭގެ ސަރުކާރުގެ މަންދޫބެއް ހާޒިރުވެފައިނުވުމުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގެ ގޮތުން އުފައްދާފައިވާ ނިޒާމަށް ރާއްޖެއިން އަހައްމިއްޔަތު ދޭނެކަމާއިމެދު ސުވާލުތައް އުފެދިފައިވާކަމަށެވެ.

މި ބައްދަލުވުމުގެ ބައިވެރިންނަކީ އިންޑިއާ ދިވެހިރާއްޖެ މޮރިޝަސް އަދި ސްރީލަންކާއެވެ. އެހެންނަމަވެސް މިފަހަރު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ބައިވެރިވީ ހަމައެކަނި އިންޑިއާ ލަންކާ އަދި މޮރިޝަސްގެ ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިންކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިކަން ހިނގީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ހުންނެވީ ޗައިނާއިން އިންތިޒާމުކުރާ އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމެންޓު ކޯޕަރޭޝަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން އެ ގައުމުގައިކަމަށްވެސް ރިޕޯޓުގައިވެއެވެ.

މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސާޅިހުގެ ސަރުކާރުން ޗައިނާގެ މި ބައްދަލުވުމަށް ރަސްމީގޮތުން މަންދޫބެއް ނުފޮނުވާކަމަށާއި އެކަމަކީ ރާއްޖެއިން ބައިވެރިވާނެކަމަށް ބުނަމުންދިޔަ ޗައިނާއަށް ލިބިގެންދިޔަ ލަދެއްކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ރާއްޖޭގެ ސަރުކާރުން ތުރުކީ އާއި ޗައިނާ ފަދަ ގައުމުތަކާއިއެކު އިސްވެ މުއާމަލާތްތައް ކުރަމުންދާކަމަށް ފެނިގެންދާއިރު މިއީ ހާރިޖީ ސިޔާސަތުތަކުގެ މިސްރާބަށް ބަދަލުތައް އަންނަމުންދާކަމަށް ބެލެވިދާނެ ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: