ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ކަރެކްޝަންސްއިން ރައީސް ޔާމީންގެ މައްސަލަ ބަލަނީ!

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރެއްވުން/ ފޮޓޯ: އަދަދު - އަބްދުﷲ އިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ނަމުގައި އުފައްދާ އައު ސިޔާސީ ޕާޓީއަށް ސޮއި ކުރެއްވުމަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޑައިގަތުމާއި ގުޅިގެން އެ މައްސަލަ ބެލުމަށް ފަށައިފިއެވެ.

މިކަން ކަރެކްޝަންސްއިން ވަނީ “ސަންގަށް” ކަށަވަރުކޮށްދެއްވާފައެވެ.

މީގެ ކުރިންވެސް ޕާޓީގެ ބައްދުލުވުމެއްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންފައިވާތީ ކަރެކްޝަންސްއިން ވަނީ އިންޒާރު ދީފައެވެ. އެހެން ނަމަވެސް މިހާރު ކުށް ތަކުރާރު ވެފައިވާތީ އެކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި އަޅާނެކަމަށް ކަރެކްޝަންސްއިން އޭރު މައުލޫމާތު ދީފައިވެއެވެ.

ރައީސް ޔާމީންގެއަށް ބަދަލުކޮށްދެއްވާފައިވަނީ ސިއްހީ ހާލުކޮޅު ހުންނެވިގޮތުން ޑޮކްޓަރަށް ދެއްކުމަށެވެ. އެހެނެކަމުން އެމަކުފާނަށް މީހުން އެއްވެ އުޅުއްވާ ތަންތަނުގައި އުޅުމަކީ މަނާކަމެކެވެ. އަދި ޕްރެސްތަކާއި ބައްދަލުވުން ތަކުގައިވެސް ބައިވެރިވުމަކީ މަނާކަމެކެވެ.

މީގެއިތުރުން ހުރަފާގޭގެ ތިންވަނަ ފަންގިފިލާގައި ޕީއެންއެފްގެ އޮފީހުގައި މަސައްކަތްތައް ކުރިއަށްދާއިރު ޕީޕީއެމްގެ އޮފީސްވަނީ ހަމަ އެގޭގެ އެއްވަނަ އަދި ދެވަނަ ފަންގިފިލާގައެވެ. އެހެން ނަމަވެސް އެފޯސް ހުސްކުރުމަށް ގޭގެ ވެރި ފަރާތުން އަންގާފައިވާކަމުގެ ސިޓީއެއް ވަނީ ފޮނުވާފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: