ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަން ހައްލުވާނީ، ލިވަބަލް ވޭޖަކާއި އެކު: ހުސެއިން

މާލެ ސިޓީގެ މޭޔަރު ކަމަށް އަމިއްލަގޮތުން ވާދަކުރައްވާ ހުސައިން ވަހީދު ސަންގު ބަހުސްގައި/ ފޮޓޯ: އަހުމަދު ޖައިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތު މީހާއަށް ދިރިއުޅެންކަމަށް ބުނެ، ހިޔާ ކުރެވިފައިވާ ތަނެއްގައި ޓިނުގަނޑެއް ހުރުމަކީ ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލުކަމަށް ދެކިގެން ނުވާނެކަމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓު ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

ހުސެއިން މިފަދައިން ވިދާޅުވީ ސަންގުއިން ކުރިޔަށް ގެންދިޔަ “މާލެ މޭޔަރުންގެ ކެންޑިޑޭޓުން – ސަންގު ބަހުސް” ބޯހިޔާވަހިކަމުގެ ސެގްމެންޓަށް ވާހަކަ ދައްކަވަމުންނެވެ.

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމަށްވާއިރު ހުސެއިން ވިދާޅުވީ ރައްޔިތު މީހާ ބޯ ހިޔާކޮށްލެވޭނެ ވަރު ކުރަމަކުން މައްސަލަ ހައްލު ވީ ނޫން ކަމަށެވެ. ރައްޔިތު މީހާ ބޭނުންވާ މިންވަރަށް، ހައްލުތައް ގެނެވިގެން ނޫން ގޮތަކަށް މި މައްސަލަ ހައްލު ކުރެވެން ނެތްކަން ފާހަގަކުރައްވައި ހުސެއިން ވިދަޅުވީ އިމާރާތެއް އެޅުމަށް ފަހު ގިނަ ފަހަރަށް އުޅެން ޖެހެނީ ފިނިޝިންގެ މަސައްކަތް ނުކުރެވިގެން ކަމަށެވެ.

އެހެންކަމުން އެފަދަކަމަކުން ލިބޭނެ ހިތްހަމަޖެހުމަކީ ކޮބައިތޯ ސުވާލު އުފައްދައި ހުސެއިން ވިދަޅުވީ އިމާރާތެއްގައި ދިރިއުޅެމުން ދިރިއުޅުމުގެ ހަރަދުތައް ހަމަނުޖެއްސި ގޭގެ ބިލުތައް ނުދެއްކި ހުރުމަކީ އެއީ ބޯހިޔާވަހިކަމުގެ ހިތްހަމަޖެހުމެއް ނޫން ކަމަށެވެ. އެއަށް ފަހު ދެން ހުސެއިން ފާހަގަކުރެއްވީ ދާދި ފަހުން މިނިމަމް ވޭޖެއް ތައާރަފު ކުރެވި ރައްޔިތުން އެ ވާހަކަތައް ދެއްކުމެވެ. އެކަމަކު ހުސެއިން ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުން ވަނީ ލިވަބަލް ވޭޖެއް ތައާރަފު ކުރެވުން ކަމަށެވެ.

ހުސައިން ވިދާޅުވީ ބޯހިޔާވަހިކަމުގެ ވާހަކަތައް ދެކެވެނީ އެއްވެސް ގޮތެއްގައި، މާލޭގެ ރައްޔިތުން ދިރިއުޅެމުން ދާ ހާލަތަށް ބަލައި އެއަށް ރިއާޔަތް ކުރުމަށްފަހުކަމަށް ނުބެލެވޭ ކަމަށެވެ. ތަކުރާރުކޮށް ހުސެއިން ވިދަޅުވީ ބޯހިޔާވަހިިކަމަކޫ ބޯމައްޗަށް އަންނަ ޓިނުގަނޑެއް ނޫން ކަމަށެވެ.

ތަނެއް ތަރައްގީކޮށް ނިމޭއިރު، ހަމަޖެހޭ ނޭވާއެއް ލެވޭނެ ގޮތެއް އޮންނަން ޖެހޭކަމަށް ހުސެއިން ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: