ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީއަށް އިހުތިރާމްކުޑަކުރި މީހުންނަށް ފިޔަވަޅު އަޅަންޖެހޭ: ފާރިސް

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެމްޑިޑޭޓް އަހުމަދު ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

އެކުވެރި ގައުމުތަކުގެ އިސްވެރިންނަށް ކުޑައިމީސްކުރާ ސަރުކާރުގެ އޮފިޝަލުންނާއިމެދު ފިޔަވަޅު އެޅުމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ގޮވާލައްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް ކުޑައިމީސްކޮށް ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި ހިންގާ ޕާޓީގެ އިސް މެމްބަރުންވެސް ޓްވިޓާރގައި ޕޯސްޓުތަކެއް ކޮށްފައިވާ މައްސަލައިގައި އެ ގައުމުގެ ރައްޔިތުން ރާއްޖެ ބޮއިކޮޓުކުރުމަށް ގޮވާލައި ކެމެޕްއިންނެއް ފަށާފައިވާއިރު، ފާރިސްވަނީ ހިނގަމުންދާ ކަންކަމާއިމެދު ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ބޭރު ގައުމުތަކުގެ އިސްވެރިންނާއިމެދު އިހުތިރާމް ކުޑަކޮށް އަމަލުކުރާ ސަރުކާރުގެ އޮފިޝަލުންނާއިމެދު ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ އަމަލަކަށް ފިޔަވަޅު ނާޅައިފި ނަމަ ރާއްޖޭގެ ސަރުކާރުން އެ ވާހަކަތަކަށް ތާއީދުކުރާކަމަށް ބުނުމުގެ ފުރުސަތު އޮތްކަމަށެވެ.

އިންޑިއާ އާއި ދެމެދު އުފެދިފައިވާ މައްސަލަ އިތުރަށް ގޯސްވެދާނެ ފުރުސަތު އޮތްކަމަށް ފާރިސް ފާހަގަކުރެއްވިއިރު، ސަރުކާރުންވަނީ އެ މައްސަލައިގައި ސަރުކާރުގެ ވިސްނުންތައް ތަފާތުކަން ހިއްސާކޮށް ބަޔާނެއް ނެރިފައެވެ. ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން ހިއްސާ ކޮށްފައިވަނީ އަމިއްލަ ފަރާތްތަކެއްގެ ވިސްނުންތަކެއްކަމަށެވެ. އަދި އެއީ ސަރުކާރުގެ ވިސްނުން ނޫންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: