ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީއާއި އިންޑިއާއަށް އިހުތިރާމްކުޑަކުރި މައްސަލަ ކުށްވެރިކުރަން: ރައީސް ސާލިހު

ކެމްޕެއިންގައި ރައީސް ސާލިހު އައްޑޫއަށް. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް އިހުތިރާމް ކުޑަކޮށް ސޯޝަލްމީޑިއާގައި އަމަލުކުރި މައްސަލަ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުށްވެރިކުރައްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރާއި އެ ގައުމަށް ނިސްބަތްކޮށް ރައީސް މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިހުތިރާމްކުޑަ ޕޯސްޓުތަކެއް ސޯޝަލްމީޑިއާގައި އާންމުކުރި މައްސަލައިގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު، ރައީސް ސާލިހުވަނީ އެ މައްސަލައަށް އަލިއަޅުއްވައި އެކްސްއެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ އޮފިޝަލުންތަކެއް ސޯޝަލްމީޑިއާގައި އިންޑީއާ އާއި ދެކޮޅަށް ނަފްރަތުގެ ބަސްތަކެއް ރައްދުކޮށްފައިވުން ކުށްވެރިކުރައްވާކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާއިން އަބަދުވެސް ދިވެހިރާއްޖެ އާއި ގާތް ގުޅުމެއް ބާއްވާފައިވާކަމަށާއި ބެލުމެއް ނެތި ބުނެލާ ބަސްތަކުގެ ނޭދެވޭ އަސަރު ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ކުރުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް ފާހަގަކުރެއްިއެވެ.

އެމްޑީޕީއިންވެސް ވަނީ މި މައްސަލައިގައި ބަޔާނެއް ނެރިފައެވެ. އެ ޕާޓީއިން ބުނެފައިވާގޮތުން ދިވެހި ހާރިޖީ ސިޔާސަތު ބިނާވަނީ ޑިޕްލޮމެސީއާއި އިހުތިރާމުގެ މައްޗަށްކަމަށާއި ކޮންމެ ސިޔާސީ ފިކުރެއް ގެންގުޅުނު ނަމަވެސް ދިވެހި ސަރުކާރުތަކުންވަނީ އެ އުސޫލުތައް ދަމަހައްޓާފައިކަމަށް ފާހަގަކުރެއްވިއެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން، މިއީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިސް އޮފިޝަލުންތަކެއްގެ ފަރާތުން އެފަދަ އަމަލެއް ފެނިފައިވާ ފުރަތަމަ ފަހަރެއް ނޫންކަމަށެވެ. އެގޮތުން މީގެކުރިންވެސް ޕީޕީއެމް ޕީއެންސީއިންވަނީ ނަފްރަތާއި ބިރުވެރިކަން އުފެއްދުމުގެ ގޮތުން ކެމްޕެއިންނެއް ކުރިއަށް ގެންގޮސްފައިކަމަށް ބުނެފައިވެއެވެ. އެމްޑީޕީއިން ބުނެފައިވާގޮތުން މި މައްސަލައަކީ ޕީޕީއެމް ޕީއެންސީއިން ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ގޮތުން ހިންގި އިންޑީއާ އައުޓް ކެމްޕެއިންގެ ނަތީޖާކަމަށެވެ.

އެމްޑީޕީއިން ބުނެފައިވާގޮތުން ސަރުކާރުގެ އިސްވެރިންތަކެއްގެ ކިބައިން ޑިޕްލޮމެސީގެ ސިފަތައް ފެންނަން ނެތުމުންނާއި ޕްރޮފެޝަނަލިޒަމް ނެތުމުގެ އިތުރުން ޒިންމާދާރުކަން ކުޑަކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އަގު އިޔާދަނުކުރެވޭ މިންވަރަށް ވެއްޓިފައިވާކަަމަށެވެ. އަދި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ބެލުމެއް ނެތި ހިންގަމުންދަނީ ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ކަމަށާއި ސަރުކާރުގެ އޮފިޝަލުންތަކެއް ދެއްކި ވާހަކަތަކަކުން ފެޔަށް ޖެހި ނެރިފައިވާ ބަޔާނަކީ އިހުލާސްތެރިކަމެއް ނެތް ބަޔާނެއް ކަމަށެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން، ސަރުކާރުގެ އަމަލުތަކަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން އަސަރުތައް ކުރާ އަމަލުތަކެއް ކަން ހަނދާންކޮށްދޭކަމަށާއި މި މައްސަލައިގައި ޝާމިލުވާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ވަގުތުން ވަގުތަށް މަގާމުތަކުން ވަކި ކުރުމަށް ގޮވާލާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: