ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އީވޮލެޓެއް ތައާރަފްކުރުމަށް ނިންމައިފި!

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮންލައިން ޕޭމަންޓު ޕްލެޓުފޯރމުތައް މެދުވެރިކޮށް ފައިސާ ލިބިގަތުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުން އީވޮލެޓުގެ ހިދުމަތް ގާއިމުކުރުމަށްޓަކައި ބެންކް އޮފް މޯލްޑިވްސް އާއިއެކު މަސައްކަތްތައް ފެށުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އޮންލައިން ޕޭމަންޓު ޕްލެޓުފޯރމުތަކުގެ ހިދުމަތްތައް ލިބިގަތުމުގައި ހުރި ދަތިތައް ނައްތާލުމުގެ ގޮތުން ސަރުކާރުން ބެންކާއިއެކު އީވޮލެޓް ގާއިމުކުރުމަށް މަޝްވަރާތައް ކުރަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ފެށުމަށް ހަމަޖެހިގެންދާނެކަމަށްވެސް އޭނާ ހިއްސާކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އީކޮމާސް ޕްލެޓުފޯމެއް ކަމަށްވާ ޕޭޕަލް އަށް އެކްސެސް ހޯދުމަށް އެމެރިކާގެ ސަރުކާރާއިއެކު މަޝްވަރާތައް ކޮށް އެކަމަށާް އެކްސެސް ހޯދުމަކީވެސް ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތެއްކަމަށްވާއިރު ކަމާއި ގުޅުންހުރި އިތުރު ފަރާތްތަކާއިއެކު މަޝްވަރާކޮށް ޕޭޕަލް ފަދަ އެހެން ޕްލެޓުފޯރމްތަކުގެ ހިދުމަތް ލިބޭނެ މަގުފަހިކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމާއި ސައިބާރ ސެކިއުރިޓީއާއި ގުޅިފައިވާކަމަށްވުމުން އެކަމަށް ބޭނުންވާ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމަށް ހާއްސަ ބިލެއް ޑްރާފްޓުކޮށް މަޖިލީހަށް ހުށައެޅުމަށްވެސް ނިންމާފައިވާކަަމަށާއި އެ މަސައްކަތްތަކުގައި ވާގިވެރިވުމަށް ތައްޔާރަށް އޮތް ދެ ގައުމުކަމަށްވާ ޔޫއޭއީ އާއި ތުރުކީ އާއި އެކު ކުރިއަށް ގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުންވަނީ ސައިބަރސެކިއުރިޓީ ހިދުމަތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ކުރުމަށް ނިންމާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: