ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ޓްރެވަލް އެޖެންސީ ކުންފުންޏަކުން ރާއްޖެއަށް ބުކިން ހެދުން ހުއްޓާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ޓްރެވަލް އެޖެންސީ ކުންފުޏެއްކަމަށްވާ “އީޒްމައިޓްރިޕް” އިން ރާއްޖެއަށް ބުކިން ހެދުން ހުއްޓާލައިފިއެވެ.

އެ ކުންފުނިން މިކަން ހާމަކުރީ އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ. އަދި އެއީ ގައުމަށްޓަކައި ނިންމި ނިންމުމެއްކަމަށްވެއެވެ. މިހާރު އެ ކުންފުނިން އަންނަނީ ލަކްޝަދީބްގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަމުންނެވެ.

މީގެ އިތުރުންވެސް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ހަދާފައިވާ ބުކިންތައް ކެންސަލް ކުރަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިއީ ދިވެހި ސަރުކާރުގެ އިސްވެރިންތަކެއް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައަމީސްކޮށް، ފާޑު ވިދާޅުވީ މައްސަލައިގައެވެ. މިކަން ކުރެއްވީ ޔޫތް މިނިސްޓްރީގެ ނައިބު ވަޒީރުގެ މަގާމުގައި ތިއްބެވި ބޭފުޅުންތަކެކެވެ. މިހާރު އެ ފަރާތްތައް މަގާމުން ސަސްޕެންޑުކޮށްފައިވާއިރު، ގިނަ ބަޔަކު ގޮވާލަމުން ދަނީ މަގާމުން ވަކިކުރުމަށެވެ.

އިންޑިއާގެ ސަރުކާރުންވެސް މިހެން ގޮވާލާފައިވާއިރު، މި މައްސަލައިގައި އިންޑިއާއިން ވަނީ ރާއްޖެއިން އެ ގައުމުގައި މައާފަށް އެދުމަށްވެސް ގޮވާލާފައެވެ.

ރާއްޖޭގެ ފޮރީން މިނިސްޓްރީއިން ވަނީ އެ ނައިބު ވަޒީރުންގެ ބަހަކީ ސަރުކާރުގެ ބަސް ނޫންކަން ހާމަކޮށްފައެވެ. އަދި އެކަން ކުށްވެރިކުރާކަމަށާއި، އެހެން ގައުމުތަކުގެ ވެރިންނަށް އިހުތިރާމު ކުޑަ ކުރާނަމަ، ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: