ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީއަކީ ފެށުނީއްސުރެވެސް ކަންކަން ޒާތީކޮށް ނަގާ މީހެއް: އިންޑިއާގެ މައި އިދިކޮޅު

މަލިކަރްޖުން ކާރްގޭ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަކީ އަބަދުވެސް ޒާތީވެވަޑައިގެން އަމަލުކުރައްވާ މީހެއްކަމަށް ބުނެ އެގައުމުގެ މައި އިދިކޮޅު ޕާޓީ އިންޑިއަން ނޭޝަނަލް ކޮންގްރެސްއިން އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ އެކްޓިވިސްޓުންތަކެއް ސޯޝަލްމީޑިއާގައި އިންޑީއާގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ޕޯސްޓުތަކެއް ކުރި މައްސަލައިގައި ބައިނަލައްގުވާމީ މިޑިއާތަކުންދަނީ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ޝާއިއުކުރަމުންނެވެ. މި މައްސަލައިގައި ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއްވެސް ސަސްޕެންޑުކޮށްފައިވެއެވެ.

އެ ގައުމުގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީކަމަށްވާ އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ރައީސް މައްލިކަރްޖުން ކަރްގޭ ވިދާޅުވީ، ރާއްޖެއާއި ދެމެދު ރަނގަޅު ގުޅުމެއް އޮންނަކަމަށާއި އެ ގައުމުން އަޅާ ފިޔަވަޅެއް އަޅަންވާނީ ވަގުތާއި އެއްގޮތަށްކަމަށެވެ.

އޭނާ ވިދާޅުވީ، ނަރޭންދްރަ މޯދިއަށް މަގާމު ލިބިވަޑައިގެންނެވި ދުވަހުން ފެށިގެންވެސް ހުރިހާ ކަމެއްވެސް ޕާސަނަލީ ނަންގަވައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި އަވައްޓެރިންނާއި ގާތް ގުޅުމެއް ބާއްވަންވާނެކަމަށާއި އެ ގައުމުން  އަމަލުކުރަންވާނީ ޒަމާނާއި އެއްގޮތަށްކަމަށްވާއިރު، އަވައްޓެރިން ބަދަލުނުކުރެވޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެ ގައުމުގެ ހަރިޖީ ސިޔާސަތު ތަންފީޒުކުރެއްވުމުގައި އަމިއްލަ ބައެއް ވިސްނުންތައް މޯދީ ގެންގުޅުއްވާކަމަށްވެސް ކާރްގޭ ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މޯދީއަކީ ހިތަށް އެރުމުން މީހުންނާއި ގުޅުން ބަދަހިކުރައްވާ ފަރާތެއްކަމަށާއި ހަމަ އެގޮތަށް ހިތަށް އެރުމުން ދެކޮޅަށްވެސް މަސައްކަތްކުރައްވާކަމަށާއި އެހެންމަަވެސް ގައުމުގެ މަސްހަލަތު ހިމާޔަތްކުރުމަށްވެސް ވަކާލާތު ކުރެއްވިއެވެ.

ވަރަށް ގަދަ
59%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 1%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: