ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ފިލްމުތަކުގެ މަންޒަރުތައް ނުނެގުމަށް އިންޑިއާގެ ފިލްމީ ދާއިރާގެ އިސް ޖަމާއަތަކުން ގޮވާލައިފި!

އެފްޑަބްލިއުއައިސީއީގެ ރައީސް ބީއެން ތިވާރީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފިލްމުގެ މަންޒަރުތައް ނެގުން ހުއްޓާލުމަށް އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްތައް ބަލައްޓާ އެންމެ އިސް އެއް ޖަމާއަތްކަމަށްވާ ފެޑަރޭޝަން އޮފް ވެސްޓާރން އިންޑިއާ ސިނޭ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ) އިން ގޮވާލައިފިއެވެ.

ރާއްޖެ އަދި އިންޑިއާގެ ހާރިޖީ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ފެންމަތިވެފައިވާއިރު، އިންޑިއާގެ އެކި ފަރާތްތަކުންދަނީ އެ މައްސަލަތަކާއި ގުޅުވައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބުރޫ އެރުވުމުގެ ގޮތުން ބޮއިކޮޓުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ އެންމެ ޒަމާންވީ އެންމެ އިސް އެއް ޖަމާއަތްކަމަށްވާ އެފްޑަބްލިއުއައިސީއީ އިންވެސް ވަނީ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް އިހުތިރާމްކުޑަކޮށް ސޯޝަލްމީޑިއާ ޕޯސްޓުތަކެއް ކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެފްޑަބްލިއުއައިސީއީގައި އިންޑިއާގެ މީޑިއާ ދާއިރާގެ ހުރިހާ ބާވަތެއްގެ މުއައްޒިފުން ދަފްތަރުކުރެވިފައިވެއެވެ.

އެ ޖަމާއަތުންވަނީ ފިލްމު ކުޅުމަށް ބޭނުންކުރާ ލޯކޭޝަންތަކުން ދިވެހިރާއްޖެ ބޮއިކޮޓްކުރުމަށް ނިންމާފައެވެ. އަދި މިހާރު ބާރު އަޅަމުންދަނީ ރާއްޖެ އާއި އެއްގޮތް އިންޑިއާގެ ސަރަހައްދުތަކުގައި މަންޒަރުތައް ނަގައި އެ ގައުމުގެ ފަތުރުވެރިކަން ފުޅާކުރުމަށް އެހީތެރިވުމަށްކަމަށްވެސް ބުނެފައިވެއެވެ.

އެފްޑަބްލިއުއައިސީއީ ގެ ރައީސް ބީއެން ތިވާރީވަނީ ހުރިހާ އެކްޓަރުންނާއި ޕްރޮޑިއުސަރުންވެސް ރާއްޖެ ލޮކޭޝަނެއްގެ ގޮތުގައި އާއި ޗުއްޓީ ހަދާ މަންޒިލެއްގެ ގޮތުންވެސް ބޮއިކޮޓުކުރުމަށް ގޮވާލާފައެވެ. އަދި އެއްވެސް ބަޔަކު އެ ގައުމަށް ކުޑައިމީސްކުރުން ބަލައިނުގަންނާނެތީކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
41%ވަރަށް ގަދަ 24%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 12%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: