ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރާއިމެދު އުންމީދު ގެއްލިއްޖެ، އިވެނީ ދޮގުގެ މައްޗަށް ދޮގު ހަދާ އަޑު: ރައީސް ސާލިހު

ރައީސް ސާލިހު އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތެއްގައި. ފޮޓޯ: ކެމްޕެއިން ޓީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއިމެދު އުންމީދު ގެއްލިއްޖެ ކަމަށާއި ދޮގުގެ މައްޗަށް ދޮގުހަދަމުންދާތަން ފެންނަމުންދާކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހުވަނީ ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް އިތުބާރު ނުހިފޭކަމަށް ސިފަކުރައްވާފައެވެ. ރިޔާސީ އިންތިހާބު ނިމިގެންދިޔައީ ދާދި ފަހުންކަމަށް އިޝާރާތްކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އިންތިހާބުވެގެންދިޔައީ ގިނަ ދޮގުތަކެއް ހަދައި އަމަލުތަކެއް ހިންގައިގެން ނަމަވެސް ވެރިކަމަށް އައިސްފައިވާކަމަަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ އުންމީދުތަކެއް އޮތްކަމަށާއި ބޭނުންތަކެއްވެސް އޮތްކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ސާލިހު ވިދާޅުވީ، ރައްޔިތުން އުންމީދުކުރީ ކުރިއަށް ވުރެވެސް ރަނގަޅަށް ރައީސް މުއިއްޒުގެ ސަރުކާރުން ހިދުމަތްކޮށްދޭނެކަން ކަމެވެ. އެހެންނަމަވެސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ސަރުކާރުންވަނީ ރައްޔިތުން މާޔޫސްކޮށްލާފައިކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރާއިމެދު އުންމީދު ގެއްލިފައިވާކަމަށާއި ދޮގުގެ މައްޗަށް ދޮގު ހަދަމުންދާ މަންޒަރު ފެނިގެންދާކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، މުޅި ރާއްޖޭގެ ރައްޔިތުން ތިބީ ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް ގެނެވުނު ކަމަށްޓަކައި ކަންބޮޑުވެފައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއަދު އެމްޑީޕީއަކީ އިދިކޮޅު ޕާޓީކަމަށާއި އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ، ސަރުކާރު ޖަވާބުދާރި ކުރުވުމަށް ކުރައްވަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމަށާއި އެއީ އިދިކޮޅު ޕާޓީގެ ޒިންމާކަމަށްވެސަް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ކުރާ ހުރިހާ ކަމެއްގައި ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއިން ފަހަތަށް ނުޖެހޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ އެކަން ކުރަން އެނގޭ ކޮށްފައިތިބި ބައެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ދައުރުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަށް ހައްލެއް ހޯއްދައިދެއްވުމަށް މަސައްކަތްތައް ކުރެއްވިކަމަށެވެ. ރައީސް ވިދާޅުވީ އެތައް ޒަމާނަކަށްފަހު ގޯތި ކަނޑައި ދެވިފައިވާކަމަށާ ފްލެޓުތައްވެސް އަޅާ ނިމިފައިވާކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާތަނަށް އައި އިރު އެ ތަންތަން ހައްގުވާ ފަރާތްތަކަށް ނުދީ ރައީސް މުއިއްޒުގެ ސަރުކާރުން ހިފަަހައްޓާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ހައްލެއް ގެނައުމަށް ކުރެވެން އޮތްކަމަކީ މާލޭގެ މޭޔަރުކަމަށާް އެމްޑީޕީއިން މީހަކު ގެނައުންކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މާލެ ސަރަހައްދަށް ހައްލު ހޯދައިދިނުމަށްޓަކައި މާލެ ވަށައި ފްލެޓުތަކެއް އެޅުމަކުން ނިމިގެން ނުދާކަަމަށާއި އެއީ އެމްޑީޕީއިން އަބަދުވެސް ގެންގުޅެފައިވާ ވިސްނުންކަމަށް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ، މުޅި ރާއްޖެ ތަރައްގީވާންޖެހޭނެކަމަށާއި މާލެއަށް މީހުން ޖަމާވިޔަ ނުދިނުމަށްޓަކައި މާލެ ނޫން ރާއްޖޭގެ ކަންކޮޅުތަކުގައި ހިދުމަތްތައް ފޯރުކޮށްދެވެންޖެހޭކަމަށާއި އެ ނޫން ގޮތަކަށް މާލެ ސަރަހައްދަށް ދާއިމީ ހައްލެއް ލިބިގެން ނުދާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، މާލެ އަށް ބޭނުންވާ ހައްލު އަދިވެސް ނުލިބޭނެކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ކުރަމުންދިޔައީ މާލެ ސަރަހައްދަށް ބޭނުންވާ ހައްލުތައް ގެނައުމުގެ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވޭތުވެދިޔަ ދައުރުގައި ކުރެއްވިކަމަށާއި ގިނަ މަސައްކަތްތަކެއް ނިންމުނުކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، މިދިޔަ ދައުރުގައި ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢޫތައް ފެށުނުކަމަށާއި ރަށް ރަށުން ސިއްހީ ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދެއްވިކަމަށާއި ރަށްތަކުން އެކަށީގެންވާ ފެންވަރެއްގައި ތައުލީމު ހާސިލުކުރެވޭނެ މަގުވެސް ފަހިކޮށްދެއްވިކަަށެވެ.

އެހެންނަމަވެސް ހިތާމައަކީ ރައީސް މުއިއްޒުގެ ސަރުކާރުން އެމްޑީޕީއިން ކުރަން ފެށި މަސައްކަތްތަކުގެ ހުއްޓާލާފައިވުންކަމަށް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ، ކުރިންވެސް ދެންނެވި ފަދައިން މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަކީ ހަމައެކަނި މާލެ ވަށައި ތަންކޮޅެއް ހިއްކާލައިގެން ކުރެވޭނެ މަސައްކަތްތަކެއް ނޫންކަމަށާއި މުޅި މައްސަލައަށް ހައްލު ލިބޭނީ މުޅި ރާއްޖެ ތަރައްގީކޮށްގެންކަމަށް ތަކުރާރުކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވޭތުވި ދައުރުގައި ސަރުކާރުން ފެށި މަސައްކަތްތަކުގެ 80 އިންސައްތައާއި ގާތްކުރާ އަދަދެއްގެ މަސައްކަތްތައް ރައީސް މުއިއްޒުގެ ސަރުކާރުން ހުއްޓާލާފައިވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޥެރިކަމަށް އައްޔަނުކުރީ 5 އަހަރަށް އަދި ތެޅިފިޅޭވަރެއްނުވެ ކަމެއް ނުވެގެން ކަލޭ ވެރިކަން ގެއްލެންފެށީމަ ފަޅުތަކުން ގޯތިދިނުމަކީ ދިވެހި ގާނޫނު އަސާސީ ދަންނަކަމެއް ނޫން ކޮސްނުގޮވާ ކެއްކޮށްލާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: