ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އެދިވަޑައިގަތީ މާޗު މަހުގެ ތެރޭގައި އިންޑިއާގެ ސިފައިން ބޭލުމަށް!

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާޗު މަހުގެ ދެވަނަ ހަފްތާގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް މަޝްވަރާތައް ފަށައި، އެކަމުގެ އަމަލީ ބައްދަލުވުންތައް ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކޮށް، ނިންމާ ނިންމުންތަކާއި ގުޅޭ ގޮތުން މައުލޫމާތުތައް ހާމަކުރުމަށް ކޮންމެ ހަފްތާއަކު ވެސް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަ އެވެ. މެނިފެސްޓޯގައި ހިމެނޭ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ނިންމުންތައް، މިދިޔަ ދެ ހަފްތާގެ ތެރޭގައި ނިންމައި އެކަން މީޑިއާތަކާއި ހިއްސާ ކުރި އެވެ.

ރައީސް އޮފީހުން އެ ބައްދަލުވުމުގެ އިތުރަށް ބާއްވާ އެހެން ޕްރެސްތައް ހިމެނޭހެން އެންމެ އާންމު ސުވާލަކީ ރާއްޖެއިން އިންޑިއާގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ގޮސްފައިވަނީ ކިހާ ހިސާބަކަށް ތޯ އެވެ. އަދި ޖުމްލަ އަދަދު ދެނެގަނެވިފައި ނުވާތީ އެކަމާއި ގުޅޭގޮތުން ވެސް ސުވާލުތައް އަމާޒުވެފައި ވެއެވެ.

މިއަދުގެ ޕްރެސްގައި، ޕްރިންސިޕަލް ޓު ދި ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގެ އެތައް ރައްޔިތުންގެ ކަންބޮޑުވުން އިންޑިއާގެ ސިފައިންނާއި ގުޅިފައިވާކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އަޑަކީ އިންޑިއާގެ ސިފައިން މި ގައުމު ދޫކޮށްދިއުންކަމަށްވުމާއި އެކު އެ ނޫން ގޮތެއް ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ. މިހާތަނަށް 11 ބައްދަލުވުމެއް ބާއްވާފައިވާއިރު މަޝްވަރާގެ ވާހަކަތައް މިއަދު ވެސް ދަނީ ކުރިޔަށެވެ.

ނާޒިމް ވިދާޅުވީ މިއަދު ކުރިޔަށް ދާ ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓް ސެކްރެޓަރީ އަދި އިންޑިއާގެ އިސް ފަރާތްތައް ބައިވެރިވާކަމަށެވެ. ސީދާ ބައްދަލުވުންތަކުގެ ބައިވެރިންގެ ނަންތައް ހާމަނުކުރި ނަމަވެސް ކަމާއި ގުޅޭ ހުރިހާ އިދާރާތްތަކެއްގެ އިސްވެރިން މަޝްވަރާތަކުގައި އުޅުއްވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކީ ނާޒިމް ވިދާޅުވި ގޮތުގައި މާޗު މަހުގެ 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމެވެ.

މިއަދުގެ ޕްރެސްގައި ވެސް ނޫސްވެރިން އިންޑިއާ ސިފައިންގެ އަދަދު ސާފުވެފައިވޭތޯ ސުވާލު ކުރުމުން ޖަވާބުގައި ނާޒިމް ވިދާޅުވީ މިހާތަނަށް އެއްކުރެވުނު މައުލޫމާތުތަކުން ޔަގީން ކުރެވޭ ގޮތުން ރާއްޖޭގައި ތިބި މިލިޓަރީ އޮފިސަރުންގެ އަދަދު 88 އަށް އަރަ އެވެ. މީގެ ކުރިން ނާޒިމް ވަނީ މިއީ ބަދަލުތަކެއް އައިސްދާނެ، އަދަދެއްކަމަށް ވިދާޅުވެފަ އެވެ.

ދިވެހި ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެތިބުމަށް ފުރުސަތު ލިބޭކަމަށް ބުނެ އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުލީ ޕީޕީއެމް/ޕީއެންސީ އެވެ. ރިޔާސީ އިންތިހާބުގެ އެންމެ ބޮޑު ރިޔާސީ ވައުދު ފުއްދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު އެކަމުގެ ބައެއް ރަސްމީ ބައްދަލުވުންތައް ރައީސް ކުރިޔަށް ގެންދެވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: