ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަަރާއި ބައްދަލުކުރައްވައިފި

މިނިސްޓަރު ޒަމީރު މިނިސްޓަރު ޑރ ޖައިޝަންކަރާއިއެކު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރު އާއި ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތަކާއި ގުޅިގެން ދެ ގައުމުގެ ދެމެދު މަޝްވަރާތަކެއް ކުރެވެމުންދާއިރު، ފޮރިން މިނިސްޓަރު ޒަމީރުވަނީ އިންޑިއާގެ ހާރިޖީ މަސައްކަތްތަކުގެ އެންމެ އިސް ފަރާތްކަމަށްވާ ޑރ ޖައިޝަންކަރު އާއި ޔުޖާންޑާގައި ކުރިއަށް ގެންދާ ނޮން އެލައިންޑް މޫވްމެންޓު (ނާމް) ސަމިޓުގައި ބައްދަލުކުރައްވިކަން ހާމަކުރައްވާފަ އެވެ.

ޒަމީރު ވިދާޅުވީ، ނާމް ސަމިޓުގެ ތެރެއިން މިނިސްޓަރު ޖައިޝަންކަރާއި ބައްދަލުކުރެއްވިފައިވުމާއިމެދު އުފާކުރައްވާކަމަށެވެ. އަދި މިހާރު ސިފައިން ބޭލުމަށްޓަކައި ދެ ގައުމުގެ ދެމެދު ކުރެވެމުންދާ މަޝްވަރާތަކާއިމެދު ހިޔާލުތައް ހިއްސާކުރެވުނުކަމަށާއި، ރާއްޖޭގައި އިންޑިއާގެ އެއްބާރުލުމާއިއެކު ކުރިއަށް ގެންދާ މަސައްކަތްތައް އަވަސްކުރުމާއި ގުޅޭގޮތުންވެސް ވާހަކަތައް ދެކެވުނުކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ސާކް އަދި ނާމްގެ މަސައްކަތްތަކުގައި ވެސް ދެ ގައުމު ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވުނުކަމަށާއި އިންޑިއާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް ހުރިކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖައިޝަންކަރު ވެސް ވަނީ މި ބައްދަލުވުމަށްފަހު އެކްސްއެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިނިސްޓަރު ޒަމީރާއި ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާގައި ދެ ގައުމުގެ ދެމެދުގެ ގުޅުމާއިމެދު ދެ ފަރާތުންވެސް ވަރަށް ތެދުތެދަށް ހިޔާލުތައް ހިއްސާކުރެވިފައިވާކަމަށާއި ނާމްގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވުނުކަމަށް އޭނާ ހިއްސާކުރެއްވިއެވެ.

މިނިސްޓަރު ޒަމީރު އަދި ޑރ ޖައިޝަންކަރު ދެމެދު ރާއްޖެއާއި އިންޑިއާ ދެމެދު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވިފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތްތައް ނިންމުމަށް އިންޑިއާއަށް ރަސްމީގޮތުން މާޗު މަހުގެ 14 ވަނަ ދުވަސް ހުށައަޅުއްވާފައެވެ.

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: