ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސަތުގެ މައިކް ނެތުމުން ޖަލްސާ ކުރިއަށް ނުގެންދެވުނު!

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާ ހޫނުވެ، އިތުރު ޖަލްސާއެއް މިރޭ ފެށުމުން ވެސް ރިޔާސަތުގެ މައިކް ނެތުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވި ހުއްޓާލައިފިއެވެ.

މިއަދު ތާވަލުކޮށްފައިވާ މަޖިލިހުގެ ޖަލްސާ ކުރިއަށް ނުގެންދެވުމުން، މިރޭ 8:00 ގައި ވެސް ޖަލްސާއެއް ބޭއްވުމަށް ނިންމައި އެ ޖަލްސާ ފެށި ނަމަވެސް ޖަލްސާ ވަނީ ކުރިއަށް ނުގެންދެވޭ ގޮތް ވެފައެވެ. ރިިޔާސަތުގެ މައިކް ނެތި މަޖިލީހުގެ އެފަދަ ވަސީލަތްތައް ނެތް ކަމަށް ވަނީ މައުލޫމާތު ލިބައެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން ދުންމާރި ބޭނުންކޮށްގެން އަޑުގަދަ ކުރަން ފެށުމުންވެސް ވަނީ ޖަލްސާ ކުރިއަށް ނުގެންދެވިފައެވެ.

އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ރިޔާސަތުގެ މައިކް ގެންދިޔައީ ޕީއެންސީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ފޯކައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދުއެވެ. މަޖިލިހުގެ ޖަލްސާ ފެށޭތޯ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް މަސައްކަތް ކުރެއްވި ނަމަވެސް އެމަނިކުފާނަށް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެއެވެ. އެހެންކަމުން މަޖިލިހުގެ ތަޅުން ދޫކުރައްވައި ސެކިއުރިޓީންގެ އެހީއާ އެކުގައި މަޖިލިހުގެ ތަޅުމުން އަސްލަމްވަނީ ނުކުމެވަޑައިގެންފައެވެ.

ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމާ އެކުގައި ސަރުކާރަށް ތާއީދު ކުރާ މީހުން ދަނީ މަޖިލިސް ބޭރުގައި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގައި ޕީޕީއެމް/ޕީއެންސީއަށް ސަޕޯޓް ކުރައްވާ ސަޕޯޓަރުންގެ އިތުރުން އެ ޕާޓީގެ ލީޑަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޑިމޮކްރެޓްސް އާއި އެމްޑީޕީން ރުހުން ނުދޭން ނިންމި ވަޒީރުންނަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިއަދި ސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަށާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: