ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަޗައިނާގެ އުޅަނދުން ދިރާސާ ނުކުރާނެކަމަށް ބުނުމަކީ ޖޯކެއް: އިންޑިއާގެ ޖިއޯ-ސްޓްރެޓެޖިސްޓެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ރާއްޖެއަށް އައުމަށް ކަނޑައެޅިފައިވާ ދިރާސާކުރާ އުޅަނދުން އެފަދަ އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ރާއްޖޭގެ ސަރުކާރުން ބުނެފައިވުމާއިމެދު އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވިޒަރީ ބޯޑުގެ ކުރީގެ މެމްބަރެއްކަމަށްވާ ބްރަހްމާ ޗެލޭނީ ފާޑުކިޔައިފިއެވެ.

ރާއްޖެއަށް އައުމަށް ކަނޑައެޅިފައިވާ ޗައިނާގެ ދިރާސާ ކުރާ އުޅަނދެއްކަމަށްވާ ޒިއޭންގް ޔޭންގް ހޮންގް 03 އިންޑޮނީޝިއާ ސަރަހައްދުން އެ ގައުމުގެ ކޯސްޓުގާޑުން ހިފަހައްޓާފައިވާކަމަށް ފާހަގަކޮށް ބައިނަލްއަގުވާމީ މީޑިއާތަކުން ޝާއިއުކޮށްފައިވާ ރިޕޯޓުތަކުގައިވާގޮތުން އެ އުޅަނދު ހުއްޓުވާފައިވަނީ އުޅަނދުގައި ހަރުކޮށްފައިވާ ޓްރާންސްޕޮންޑަރު ތިން ފަހަރެއްގެ މަތިން ނިއްވާލުމާއި ގުޅިގެންކަމަށެވެ.

މީޑިއާތަކުން ބުނާ ގޮތުން އިންޑޮނީޝިއާ ސަރުކާރުން އުޅަނދު ހުއްޓުވައި ސުވާލުކުރުމުން އުޅަނދުގައި ތިބި ފަރާތްތަކުންވަނީ ޓްރާންސްޕޮންޑަރު ނިވުނީ ކަމަށް ހިއްސާކޮށްފައިވާކަމަށެވެ. އަދި އެ ވަސީލަތް ހަލާކުވެފައިވާކަމަށްވެސް ބުނެފައިވާކަމަށް އިންޑޮނީޝިއާގެ ސަރުކާރުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

ޓްރާންސްޕޮންޑަރަކީ އެ އުޅަނދު އޮތް ސަރަހައްދު ފަދަ މައުލޫމާތު އެހެން އުޅަނދުތަކަށް އަންގައިދިނުމުގެ ގޮތުން ހަރުކޮށްފައިވާ ވަސީލަތެކެވެ. ބައިނަލްއަގުވާމީ މުއައްސަސާއެއްކަމަށްވާ ސެންޓަރ ފޮރ ސްޓްރެޓީޖިކް އިންޓަރނޭޝަނަލް ސްޓަޑީޒް އިން ޝާއިއުކޮށްފައިވާ ލިއުމެއްގައި ޗައިނާގެ އުޅަނދުތައް ދެގޮތަކަށް ބޭނުން ކުރާކަމާއި އެ އުޅަނދުތައް ޓްރާންސްޕޮންޑަރު ނިއްވާލުމުގެ މައްޗަށްވެސް އަލިއަޅުވާފައިވެއެވެ.

އެހެންނަމަވެސް ރާއްޖޭގެ ސަރުކާރުންވަނީ މީގެ ކުރިން ނެރުނު ބަޔާނެއްގައި އެ އުޅަނދުން ރާއްޖެއަށް ބަނދަރުކުރާ ސަބަބު ސާފުކޮށް ބަޔާންކޮށްފައެވެ. އަދި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ސަރުކާރުގެ ބަޔާނަށް އަލިއަޅުވައި އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވިޒަރީ ބޯޑުގެ ކުރީގެ މެމްބަރެއްކަށްވާ ޖިއޯ-ސްޓްރެޓެޖިސްޓް ބްރަހްމާ ޗެލޭނީ ވަނީ ފާޑުކިޔާފައެވެ. އެނާ ބުނެފައިވާގޮތުން އެ އުޅަނދުން ރާއްޖޭގެ ސަރަހައްދީ އިމުގައި ދިރާސާއެއް ނުކުރާނެކަމަށް ބުނުމުން ހިނި އަންނަކަމަށެވެ. އަދި ރާއްޖޭގައި ދިރާސާއެއް ކުރިނަމަވެސް ދެނެގަތުމުގެ ގާބިލުކަން ނެތްކަމަށްވެސް ބުނެފައިވެއެވެ.

އޭނާ ބުނެފައިވާގޮތުން ޗައިނާއިންދަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ މައުލޫމާތުތައް ދެނެގަންނަމުންނެވެ. އޭނާ ބުނެފައިވާގޮތުން އެކަން ކުރަމުންދަނީ އެ ސަރަހައްދުގައި ސަބްމެރީން އޮޕަރޭޝަންތަކަށް މަގުފަހިކުރުމުގެ ގޮތުންކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރުންދަނީ އެކަމަށް މަގުފަހިކުރަމުންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: