ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް އިހުތިރާމް ނުކުރުމުގެ ތާރީހެއް އޮތް ޕީޕީއެމް/ޕީއެންސީއަށް މެޖޯރިޓީ ދޭން ހެޔޮނުވާނެ: ރައީސް ސާލިހު

އެމްޑީޕީ ގައުމީ މަޖުލީހުން ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީއަކީ މަޖިލީހަށް އިހުތިރާމް ނުކުރުމުގެ ތާރީހެއް އޮތް ބައެއްކަމަށާއި، އެ ކޯލިޝަން އަށް މެޖޯރިޓީ ދޭން ހެޔޮ ނުވާނެކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ތިމަރަފުށި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ކެންޑިޑޭޓު ފަތުހުﷲ ޖަމީލުގެ ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގައި ތިއްބެވީ މަލްޓި ޕާޓީ ޑިމޮކްރެސީ ދަންނަ ބައެއް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މަޖިލީހުގެ މަސައްކަތްތަކަށް އިހުތިރާމު ނުކުރައްވާކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ. މި ސަރުކާރުން މަޖިލީހުގެ ނިންމުންތަކާއި ދެކޮޅަށް މަސައްކަތް ކުރައްވާކަމަށް ފާހަގަކޮށް ރައީސް ސާލިހު އިޝާރާތް ކުރެއްވީ ރުހުން ނުދޭން ނިންމި ވަޒީރުން އަނެއްކާ މަގާމުތައް އައްޔަނު ކުރުމެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކޮށް ވާތީ އެކަންވެސް ފާހަގަކުރެއްވިއެވެ. ރައީސް ސާލިހު އެކަން ސިފަ ކުރެއްވީ މަޖިލީހުގެ ނިންމުމަށް އިހުތިރާމު ކުޑަ ކުރުމުގެ ގޮތުގައިއެވެ.

ރައީސް ސާލިހު ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަށް އިހުތިރާމު ނުކުރެވޭ ބަޔަކު މަޖިލީހަށް އިންތިހާބުކޮށް، އަގުލަބިއްޔަތު ދިނުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫންކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ވެރިކަމުގައިވެސް މަޖިލީހަށް އިހުތިރާމް ކުޑަ ކޮށްފައިވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ބައެއް މެންބަރުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލަ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕީޕީއެމް/ޕީއެންސީގައި މަޖިލީހަށް އިހުތިރާމް ނުކުރުމުގެ ތާރީހެއް އެބައޮތްކަމަށް ފާހަގަކޮށް މިހާރު މިކަންތައްތަކުގައި ހަމައެކަނި މަދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހިއްސާކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ރައީސް ޔާމީން އަށްވެސް އިންސާފު ހޯދައިދެވިފައިނުވާކަމަށް ރައިސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވޭނީ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ދެއްވައިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: