ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިިމިދިޔަ 20 ވަރަަކަށް އަހަރު ގައުމަށްއައި ހުރިހާ ބަދަލެއްގެ ފަހަތުގައި ތިބީ އެމްޑީޕީން: ފައްޔާޒް

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއިލް..... ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ވޭތުވެދިޔަ 15 ވަރަކަށް 20ކަށް އަހަރު މި ގައުމަށްއައި ހުރިހާ ބަދަލެއްގެ ފަހަތުގައި ތިބީ އެމްޑީޕީން ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

“މިސްރާބު ހަމަމަގަށް” ނަމުގައި އެމްޑީޕީން ވަނީ ކެމްޕެއިން ލޯންޗިން ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީ އުފެދިގެންއައީ ދިވެހި ރައްޔިތުންނަށް ހައްގުތަކެއް ހޯދައިދިނުމުގެ ނިޔަތުގައި ކަމަށެވެ. އަދި އަނިޔާވެރި މުޖުތަމައެއްގައި އެ ހާލަތުު ބަދަލުކޮށް ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށެވެ. ފައްޔާޒް ވިދާޅުވީ އެ ދަތުރުގައި މި ޕާޓީން ޒަމާންތަކެއް ވަންދެން މަސައްކަތްކޮށް ވަރަށް ބޮޑެތި ކާމިޔާބީތަކެއްވަނީ ހޯދައިފައި ކަމަށެވެ. މުޅި ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ ނިޒާމު އެއްކޮށް ބަދަލުކޮށް މި ނިޒާމުގެ ބާރުވެރި ފަރާތަކީ ރައްޔިތުން ކަމަށް ބަދަލުކުރީ އެމްޑީޕީން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ބިރުވެރި ނާޒުކު ހާލެއްގައި އޮތް ގައުމެއްގައި ނާމާން މާހައުލެއްގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅޫން ހޯއްދެވީ ވަރަށް ފޮނި ކާމިޔާބީ ތަކެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެއާއި އެކު ގާނޫނު އަސާސީ އަލުން އެކުލަވާލައިލައި ރައްޔިތުންގެ ބާރުވެރިކަން ފުރިހަމައަށް އެ ގަނޫނު އަސާސީން ހޯދައިގެން މި ޕާޓީ ވުޖޫދުވެގެން އައި ކަންކަން ތަންފީޒު ކުރުމަށް ފުރުސަތު ލިބިގެން ދިޔައީ 2008 ވަނަ އަހަރު އެމްޑީޕީގެ  ވެރިކަމިގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އިގްތިސާދީ އިޖްތިމައީ އަދި އަދުލު އިންސާފުގެ ނިޒާމަށް އެ ސަރުކާރުގައި ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އެހެންނަމަވެސް ޒަމާނުއްސުރެ އޮތް ބިރުވެރިކަން ގާބޫލުކުރާ، އެގޮތުގައި ދިވެހިރާއްޖެ ބާއްވަން ބޭނުންވާ މީހުން ނިކުމެ އެ ވެރިކަން ވައްޓައިލެއްވި ކަމަށެވެ. އެއަށްފަހު ދެންފެނުނީ 2013 ވަނަ އަހަރު ވަރަށް އަނިޔާވެރި ވެރިކަމެއް އުފެދިގެން އައި ތަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި ޑިމޮކްރެސީގެ ތެރެއިން ވޯޓު ލައިގެން 2013 އާއި 2018 އާއި ދެމެދު ކުރި ވެރިކަމުގެ ވާހަކަ މިއަދު ހަދާން ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިއަދު އެ ވެރިކަން ހަނދާން ނެތުނީ އެ ވެރިކަމަށް ފަހު އެމްޑީޕީގެ ވެރިކަމެއް އައިސް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދީ އެމްޑީޕީ ވުޖޫދުވެގެން އައި ކަންކަން ތަންފީޒު ކުރެވުމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ދިވެހިރާއއްޖޭގެ ރައްޔިތުންނާއި ހަމައަށް އެ ތަރައްގީ ގެނެސްދެއްވާއިފައި ވާކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. އެކި އެކި ސަބަބު ތަކަށްޓަކައި ދޮގާއި ފިތުނައާއި ވިއްކައިގެން ވެރިކަން މިހާރު މިވަނީ ބަދަލުވެފައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީން އޭރުވެސް ރިޔާސީ އިންތިހާބުގެ ތެރޭގައި ބުނަމުން ދިޔައީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރާއްޖެ ކުރިން އޮތް ހާލަތަށް ދާނެ ކަމަށެވެ. ޑިމޮކްރެސީގެ އަސާސްތަށް އެއްވެސްގޮތަކަށް ގަބޫލުނުކުރާ ބަޔަކު ޑިމޮކްރެޓިކް ވެރިކަމެއް ކުރައްވާނީ ކިހިނަކުންތޯ ފައްޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ. ސަރުކާރަށް ތިން މަސް ވެގެން ދިޔައިރު ފެނިގެންދަނީ ދިވެހިރާއްޖެ އެމަގަށް ދާތަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ސަރުކާރަށް 100 ދުވަސް ވެގެން ދިޔައިރު އެތައް ދޮގުތަކެއް ހަދައިފައިވާކަމަށެވެ. އަދި ވެރިކަމާއި ހަވާލުވީވެސް ދޮގުހަދައިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ރައްޔިތުން ވޯޓުލީ ހެޔޮވެރިކަމެއް ނުވަތަ އެވިދާޅުވާ ތަރައްގީ ކޮށްދެއްވާނެމޭ ވިދާޅުވީމާ އެ ގަބޫލުކޮށްގެން.. އެފިތުނަތައް ގަބޫލުކޮށްގެން.. އެ ދޮގު ވާހަކަތައް ގަބޫލުކޮށްގެން.. ވޯޓު ލީ ހައިވަކަރު އޮޑިއެއް ކަމަށްހީކޮށް އެކަމަކު މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ޅޮސް އޮޑިއެއް.. ކިރިޔާ ޕްރެޝަރެއް އަންނަ އިރަށް މާވަޑިއަށް އިނގިލި ދިއްކުރާތަން މި ފެންނަނީ” ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ވެރިކަމާއި ހަވާލުވީ ގައުމުގެ ހާލަތު ރަނގަޅަށް އެނގިގެން ކަމަށެވެ. އިގްތިސާދު ކުރިއެރުވޭނެ ކަމަށާއި ދަރަނި ދެއްކޭނެ ކަމަށް ކެމްޕެއިން ދުވަސްވަރު ވެސް ބުނަމުން އައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެކަމަށްވެސް ބުނެފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އެ ނާގާބިލްކަން މަތީގައި ވެރިކަމާއި ހަވާލުމުން ފެނިގެންދާ މަންޒަރަކީ ގައުމުގެ އިގްތިސާދު ފުނޑުފުނޑުވެގެންދާ މަންޒަރުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: