ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި އިތުރު ހޮސްޕިޓަލްތައް އަޅަންޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އާބާދީ އިތުރުވުމުގެ ސަބަބުން އިތުރު ހޮސްޕިޓަލް އަޅަންޖެހޭ ކަމަށާއި ސިއްހީ ހިދުމަތް ދެވޭ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި އެއްލައްކައަށް ވުރެ ބޮޑު އާބާދީއެއް އޮތް ހުޅުމާލޭގައި ސިއްހީ ހިދުމަތް މިބިގަތުމުގައި ހުރި ދަތިތައް ފާހަގަކޮށް އާންމުންގެ ރައްޔިތަކު ކުރި ސުވާލަށް ރައީސް ވިދާޅުވީ މާލޭ ސިޓީ ސަރަހައްދުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލް ހިމެނޭ ގޮތަށް އެކުއެކީގައި މަސައްކަތްތައް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގައި މިހާރު ލައްކައެއްހާ މީހުން ފޭސް 1 އަދި ފޭސް 2 ހިމެނޭހެން ދިރިއުޅެމުންދާކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ.. އެހެންވީމަ އެހާގިނަ މީހުންނަށް ހިދުމަތް ދޭއިރުގައި ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ބޮޑު ތަނުން ރަނގަޅު ކުރަންޖެހޭ

އެހެންކަމުން މާލެ ސަރައްދުގެ ރައްޔިތުންނާއި ހުޅުމާލެ ރައްޔިތުންވެސް ހިމެނޭ ގޮތަށް އެންމެނަނަށްވެސް ސިއްހީ ހުދުމަތްތައް ރަނގަޅުފެންވަރުގައި ދެވޭނެ ގޮތެއް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: