ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް ކުރީ ފެނަކައަކީ މާ ބޮޑު ފައިދާތަކެއްވާ ތަނަކަށް ހަދާކައް ނޫން، ދެކޮޅު ޖައްސަން: ރައީސް ސާލިހު

އެމްޑީޕީ ގައުމީ މަޖުލީހުން ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައަށް ލިބޭ ފައިދާ އިތުރުކުރުމުގެ ބަދަލުގައި މަސައްކަތް ކުރެއްވީ ދެކޮޅު ޖައްސަވައިގެން ހިދުމަތް ދެއްވުމަށްކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރިއަށް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ގައްދޫ ދާއިރާއަށް ވާދަ ކުރައްވާ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރި އަހުމަދު ސައީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ.

ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވުންކަމަށެވެ.

އެގޮތުން ފެނަކައާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މާ ބޮޑެތި ފައިދާތަކެއް ވާނެތަނަކަށް ފެނަކަ ހެދުމުގެ ވިސްނުން އޭރު ސަރުކާރުގެ ނެތްކަމަށެވެ. ސިޔާސަތަކީ ދެކޮޅު ޖެހިގެން ހިންގުންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އަޅުގަނޑުމެންނެއް ކޮންމެހެން ބޭނުމެއް ނުވި ފެނަކައަކީ މާ ބޮޑު ފައިދާތަކެއްވާ ތަނަކަށް ހަދާކަށެއް.

ރައީސް ސާލިހު ވިދާޅުވިއެވެ.

އެގޮތުން ގިނަ ވަޒީފާތަކެއް ދިން ނަމަވެސް، އެއީ ދެކޮޅު ޖެހޭ ގޮތަށް ހިދުމަތްތައް ދިނުމަށް އެޅި ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުގައި ވަރަށް ގިނަ ކޮރަޕްޝަންގެ މައްސަލަތައް އެބަހުރިކަމަށެވެ. އެގޮޮތުން ހިންގިކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުށައަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ ކޮންފުންޏާއި ހަވާލުވީއިރު، ކުންފުނި ވަނީ ބަނގުރޫޓުވެފައިކަމަށެވެ. އަދި އޭނާ ވަނީ މިކަމާއި ގުޅޭ ތަފްސީލު ހިއްސާ ކުރައްވާފައެވެ.

އެގޮތުން ކުންފުނީގެ 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތްއިރު، ކުންފުނީގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިކަމަށް ވިދާޅުވިއެވެ. އެހެންކަމުން މަހު މުސާރައިގެ ގޮތުގައި އެކަނި މަހަކަށް 86 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އާމްދަނީގެ ގޮތުގައި ފެނަކަ އަށް ލިބެނީ ގާތްގަނޑަކަށް 120 މިލިއަން، ރުފިޔާކަމަށް ފާހަގަކޮށް އޭގެ ބޮޑުބައި މުސާރައަށް ހަރަދުކުރުމުން އޮޕަރޭޝަންސްތަކަށް ބޭނުންވާނެ ފައިސާވެސް ނުހުންނާނެކަން މުއާޒް ފާހަގަކުރެއްވިއެވެ.

ކުންފުނީގެ ޖެންސެޓް ބޭނުން ކުރަމުން އަންނަނީ 502 ގައިކަމަށް ފާހަގަކޮށް މުއާޒް ވިދާޅުވީ، އޭގެ ތެރެއިން 302 ޖެންސެޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށެވެ.

މިދިޔަ ފަސް އަހަރު މެއިންޓެނަންސަށް އެއްވެސް ހަރަދެއް ކޮށްފައިނުވާކަމަށާއި، އެކަންވެސް ވަނީ ބޮޑު ވިޔަފާރިއަކަށް ހަދާފައިކަމަށް މުއާޒް ވިދާޅުވިއެވެ. އެގޮތުން މެއިންޓެނެސް ކުރުމުގެ ބަދަލުގައި، ހުސްވާއިރަށް ގަންނަނީކަމަށް ވިދާޅުވިއެވެ.

ޖެންސެޓްގެ އަދަދު އިތުރުވީ ނަމަވެސް، ކުންފުނީގެ ހާލަތަކަށް ބަދަލު ނާންނަކަމަށް މުއާޒް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: