ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ދެއްވީ ލ. ގަމަކީ ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ހައްދަވާނެކަމުގެ ޔަގީންކަން!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި ލ. ގަމަކީ ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ހެއްދެވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. އެގޮތުން ގަމުގައި މަތީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރަން ނިންމާފައިވާކަން ހާމަކުރެއްވިއެވެ. މިއީވެސް އެ ސިޔާސަތުގެ ދަށުން ސަރުކާރުން މަސައްކަތްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ނަފްސާނީ މައްސަލަތަކާއި ގުޅިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޔާސީ އިންތިހާބުގެ ދުވަސްވަރު ވާނީ އިންޓަނޭޝަނަލް ފެންވަރުގެ މެންޓަލް ހޮސްޕިޓަލެއް ގާއިމުކުރެއްވުމަށް ވައުދުވެވަޑައިގެންފައިކަމަށެވެ. އެގޮތުން ރައީސް ދެއްވީ އެ ހޮސްޕިޓަލް ގަމުގައި އަޅުއްވަައިދެއްވާނެ ކަމުގެ ޔަގީންކަމެވެ.

ހަމައެއާ އެކު އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގާއިމުކުރުމަށް ވައުދުވިން. ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް، އަޅާނުލުމުގެ ސަބަބުން މި މައްސަލަ ވަނީ ބޮޑުވެފައި.

މީގެ އިތުރުން ލ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަން ފާހަގަކޮށް، އެކަމާއި ގުޅިގެންވެސް ރައީސް ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން މެންޓަލް ހޮސްޕިޓަލް ތަރައްްގީކުރާނީ މެޑިކަލް ޓޫރިޒަމާ ވެސް ގުޅުވޭނެ ގޮތަށްކަމަށް ވިދާޅުވިއެވެ.

މި ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދެއްވާނެކަމަށާއި، އެގޮތުން ލ އަތޮޅަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް އެ އަތޮޅަށް ތަރައްގީ ގެނެސްފައި ނެތް މިންވަރަށް މި ސަރުކާރުން ތަރައްގީ ގެނެސްދެއްވާނެއެވެ.

ގަމަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަކޮށް ރައީސް ވިދާޅުވީ، މިހާރު ވެސް 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރާ ކަމަށާއި އެކަމަކު އެއީ މި ރަށަށް ފުދޭ މިންވަރު ނޫންކަމަށެވެ. އެހެންކަމުން މި ފަސް އަހަރުގެ ތެރޭގައި 40،000 ހައުސިން ޔުނިޓް އެޅުމަށް ކުރާ މަސައްކަތުގައި އެ ރަށުގެ އަދަދު އިތުރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެ ކުރިން ދޫކޮށްފައިވާ ގޯތިތަކުގެ ސައިޒް ބޮޑުކޮށްދޭން ރަށުގެ ރައްޔިތުން ކައުންސިލުގައި އެދިފައިވާތީ އެކަން ވެސް ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: