ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީއެސްސީގެ މަގާމުތަކަށް އައްޔަންކުރެއްވުމަށް 15 ބޭފުޅެއްގެ ނަން ތަޅުމަށް!

މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީގެ ބައެއް މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް ކޮމިޝަންގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަންކުރެއްވުމަށް15 ބޭފުޅެއްގެ ނަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

ސިވިލް ސާވިސްގެ ހުސްވެފައިވާ ހަތަރު މަގާމަށް41 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އަދި އޭގެ ތެރެއިން15 ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފައެވެ.

އެ15 ބޭފުޅުންނަކީ

  • މަރިޔަމް މުނާ / މ. ބާރަނާގެ، ކ.މާލެ
  • މުޙައްމަދު ޝަރީފް / ފުސަތުޅާގެ، ގދ.ތިނަދޫ
  • އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ
  • މުނާ މުޙާއްމަދު / މ. ބަބުނަ، ކ.މާލެ
  • އަޖްވަދު ޢަލީ / ގ. ބްލޫ ވޭލް
  • މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓްސް
  • ރިފާހަތު ފަރުޙަތު / ގ. ވެގާ2
  • ޝުހުދާ ރިޟްވާން / ފްލާވަރމީޑް، ސ.މީދު
  • މަރިޔަމް ޝެނީން / މއ. ފޮސީތިއާ
  • ޢާއިޝަތު ޝާހީން / މއ. ވިލާރޯދި
  • މުޙައްމަދު ނަޞީރު / މ.ފުންފިނި
  • ރަޝީދާ ޢަލީ / ގ. ޖަނަވަރީމާގެ
  • މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ
  • އަޙްމަދު މޫސާ / ހ. އަމްސާވިލާ
  • ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ

ބުދަ ދުވަހު ބޭއްވި ކޮމިިޓީ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާއި ގުޅިގެން ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ފޮނުވި 15 ބޭފުޅުންނަކީވެސް ވަރަށް ގާބިލް ބޭފުޅުންކަމަށެވެ. އަދި މިއިން ކޮންމެ ބޭފުޅަކު މަގާމަށް ހޮވިވަޑައިގަތަސް، ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ފަސް މެމްބަރުން ތިއްބަވާނެއެވެ. އެހެންނަމަވެސް، މިވަގުތު ކޮމިޝަންގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވީ ފާތިަމތު އާމިރާއެވެ. ބާކީ ތިއްބެވި ހަތަރު މެމްބަރުން ވަކި ކުރެއްވުމަށް ކޮމިޓީއިން ފާސްކޮށްފައިވަނިކޮށް އޭރު ސީއެއްސީގެ ރައީސްގެ މަގާމުގައި ހުންނެވި ޑރ އަލީ ޝަމީމް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އަދި ބާކީ ތިއްބެވި މެމްބަރުން ކަމަށްވާ އޭރު ކޮމިޝަންގެ ނާއިބްރައީސް ޝަހީދު މުހައްމަދާއި މެންބަރު ޒަކަރިއްޔާ ހުސައިން އަދި މެންބަރު އިބްރާހިމް ޝަހީގް ވަނީ މަގާމުން ވަކި ކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: