ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިފެންސްގެ އާ އިމާރާތް ބިޑުން ހަވާލުކުރީ އާ އުސޫލާ އެއްގޮތަށް: ފިނޭންސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި މީޑިއާތަކަށް މައުލޫމަތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޑިފެންސްގެ އިމާރާތް ހެދުމަށް ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތް ކުރުމުގެ މަސައްކަތްތައް އެވޯޑް ކުރުމުގައި އަމަލު ކުރާ އާ އުސޫލާ އެއްގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރުމުގައި އަމަލު ކުރާނެ އުސޫލާއި ގުޅޭގޮތޮން މީޑިއާތަކާއި މައުލޫމާތުތައް ހިއްސާކުރަމުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުގެ މި ސިޔާސަތަކީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން މިދިޔަ އޭޕްރިލް މަހު ގެޒެޓް ކުރެވި ނޭޝަނަލް ޓެންޑަރ ބޯޑުން އަމަލު ކުރުމަށް ލާޒިމުކޮށްފައިވާ އުސޫލެއް ކަމަށެވެ. އަދި މި އުސޫލުގެ ބޭނުމަކީ ނޭޝަނަލް ޓެންޑަރއިން އެވޯޑް ކުރާ މަޝްރޫޢުތައް އަވަސްމިނެއްގައި ކުރިއަށް ގެންދިޔުމާއި ގިނަ ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަން ކުރުންކަމަށް ފިނޭންސްއިން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ، މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ޖަމްއިއްޔާތަކާއި މަޝްވަރާކޮށް، ހިޔާލު ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަސީ ހިމެނޭކަމަށް ފިނޭންސްއިން ހިއްސާކުރި މައުލޫމަތުތަކުގައި ވެއެވެ.

އާ އުސޫލުތަކަށް ރިއާޔަތް ކުރާއިރު، ޓެންޑާރ ގައި އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ އެސްޖޭ ކޮންޓްރަކްޝަން ނަމަވެސް، ބިޑު ހަވާލުކޮށްފައިވަނީ ދެވަނައަށް އެންމެ ކުޑަ އަގު ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން އާއި ކަމަށެވެ.

“މިނިސްޓްރީ އޮފް ޑިފެންސްގެ އިމާރާތް ހެދުމަށް ހުޅުވާލެވުނު ޓެންޑަރ TES/2019/W-152 ގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރިއިރު ބެލިފައިވަނީ މިއުސޫލަށެވެ. އެގޮތުން މި ޓެންޑަރގައި އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ. އެހެން ނަމަވެސް އެ ބިޑް އެވޯޑްކޮށްފައިވަނީ ދެވަނައަށް އެންމެ ކުޑައަގު ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. އެގޮތަށް އެކަންވެފައިވަނީ ކުރިން ދެންނެވި އުސޫލާ ގުޅިގެންނެވެ.” ފިނޭންސް ބަޔާން

ފިނޭންސްއިން ބުނެފައިވަނީ މިގޮތަށް އަމަލުކޮށްފައިވަނީ ކުންފުނިތަކަށް އެއްފަހަރާ ޓެންޑާ ތަކުގައި މަސައްކަތް ކުރެވޭނެ ވަކި އަދަދުތަކާއި ޖުމްލަ ފައިސާގެ އަދަދު އެ އިއުލާނުން ކަނޑައަޅާފައިވާތީކަމަށެވެ. އަދި އުސޫލުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ 300 މިލިއަން ރުފިޔާ އާއި ހަމައަށްކަމަށް ފިނޭންސްއިން ވަނީ ބުނެފައެވެ. އެއް ފަހަރާ މަސައްކަތް ކުރެވޭނެ ޓެންޑަރިންތަކުގެ އަދަދަކީ ގިނަވެގެން 8 ޕްރޮޖެކްޓެވެ.

މީގެ އިތުރުން ފިނޭންްސް މިނިސްޓްރީން ބުނެފައިވަނީ އެސްޖޭއިން 310 މިލިއަން ރުފިޔާގެ މަޝްރޫޢުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ 11 ޕްރޮޖެކްޓު ކަމަށާއި މި އުސޫލުގެ ދަށުން ދެވަނައަށް އެންމެ ކުޑަ އަގެއް ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މި ބިޑް ކާމިޔާބުވީ ސަބަބަކީ އެއީ ކަމަށެވެ.

“މި އުސޫލު ތަންފީޒު ކުރެވުނު ފަހުން އަމަލު ކުރެވެމުން އަންނަނީ މި އުސޫލުގެ ދަށުންނެވެ. އަދި ކުރިމަގުގައިވެސް އެކަން ކުރިއަށްދާނީ އެގޮތުގެ މަތިންނެވެ.” ފިނޭންސް ބަޔާން

މިނިސްޓްރީން ބުނެފައިވަނީ ޓެންޑަރތަކާއި ގުޅޭ މި މައުލޫމާތުތައް ވެބްސައިޓްގައި ހާމަކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތަކަށް މިފަދަ ކަންތައްތައް ހިނގާ ގޮތުގެ މައުލޫމާތު މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގައިދިނުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: