ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއިން އިތުރު ތިން މީހަކު ފައްސިވެއްޖެ

އައްޑޫ ސިޓީ މީދޫ. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ފޭދޫއިންނާޢި މަރަދޫއިން އިތުރު ތިން މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނީ އައްޑޫ ސިޓީން އިތުރަށް ފައްސި ވެފައިވަނީ ފޭދޫ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކާއި ފިރިހެނެއް ކަމަށެވެ. މި ދެމީހުންގެ އިތުރުން މަރަދޫގައި ހުރި އުމުރުން 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ވެސް ވަނީ ކޮވިޑަށް ފައްސި ވެފައެވެ.

މީގެއިތުރުން އެޗްއީއޯސީން ބުނީ ކޮވިޑަށް ފައްސިވީ ތިން މީހުންގެ ފަރާތުންވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަަށެވެ. އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގ މިހާރުވެސް ކުރިއަށްދާ ކަމަށް ވެސް އެސެންޓަރުން ބުނެފައިވެއެވެ.

އައްޑޫ ސިޓީން މި ބައްޔަށް ފައްސިވި އިތުރު ދެ މީހަކު ބަލިން ރަނގަޅުވުމުން މިއަދު ވަނީ ދޫކޮށްލާފައެވެ. އެއާއެކު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި އައްޑޫގައި އުޅޭނީ ފަސް ކޭސް އެވެ.

މިތިން މީހުންނަކީ ވެސް އައްޑޫސިޓީގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހުން ކަމަށް އެޗްއީއޯސީން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: