ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުވާކުރަން ޕްލާސްމާ ބޭނުންކުރުމުގެ ހުއްދަ އެމެރިކާގައި ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ފަރުވާ ކުރުމަށް، އެ ބަލިން ރަނގަޅުވެފައިވާ މީހެއްގެ ފަރާތުން ލޭގެ ޕްލާސްމާ ނަގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ އިދާރާތަކުން ދީފިއެވެ.

ޕްލާސްމާ ލޭ ދިނުން ނުވަތަ ޕްލާސްމާ ތެރަޕީ އަކީ، ކޮވިޑް-19 ޖެހިފައިވާ މީހެއްގެ ހާލު ގޯސްވާނަމަ، މި ބަލިން ރަނގަޅުވެފައިވާ މީހެއްގެ ލޭގައި އެކުލެވޭ އެންޓިބޮޑީސް ބޭނުން ކޮށްގެން ބަލީގެ ނުރައްކާ ކުޑަކުރުމަށް ދެވޭ ފަރުވާ އެކެވެ. ކޮވިޑް-19 އިން ރަނގަޅުވެފައިވާ މީހުންގެ ލޭގައި، މި ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ބާރުގަދަ އެންޓިބޮޑީސް ގިނަ އަދަދަކަށް އެކުލެވިގެންވާ ކަމަށް ޤަބޫލުކުރެވިފައި ވެއެވެ. އެހެންކަމުން މި ފަރުވާ ހޯދައިގެން ހާލަތު ގޯސްވެ ފުރާނައަށް ނުރައްކާވާ މީހުން ސަލާމަތްވުމުގެ ފުރުސަތު އޮވެއެވެ.

ދުނިޔޭގެ ބައެއް އެހެން ބޮޑެތި ޤައުމުތަކުގައި ވެސް ކޮވިޑް-19 މި ފަރުވާދޭން ފަށާފައި ވާއިރު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތީރިޓީން އެޤައުމުގެ ސިއްޙީ އިދާރާތަކަށް ހުއްދަ ދޫކޮށްފައި ވަނީ ހަމައެކަނި އިމަޖެންސީ ހާލަތްތަކުގައި ޕްލާސްމާދޭ ގޮތަށެވެ.

ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާއިން މިހާތަނަށް މި ބައްޔަށް 5.9 މިލިއަން މީހުން ފައްސިވެ، އޭގެތެރެއިން 181,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: