ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަސީދު ރައީސް މައުމޫނަށް ވަގަށް ގޮވި ޓުވީޓަށް އެމްއެންޔޫ އިން ލައިކް އެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހަންމަދު ނަސީދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަށް ވަގަށް ގޮވާ ކުރި ޓުވީޓް އަށް މޯލްޑިވްސް ނޭސަނަލް ޔުނިވާރސިޓީ ( އެމްއެންޔޫ) އިން ލައިކް އެއްދީފިއެވެ.

ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓް އެއް ވަނީ އެމަނިކުފާނު އޮޅުވާލާަ މަކަރު ހަދާފައިކަމަށްބުނެ ނަސީދުކުރެއްވި ޓޫވީޓް އަށް އެމްއެންޔޫއިން ލައިކު ދިނުމާއެކު ގިނަބަޔަކު ދަނީ ސޯސަލް މީޑިއާގައި އެމްއެންޔޫއަށް ފާޑުކިޔަމުންނެވެ. އަދި އެމްއެންޔޫއިން ސިޔާސީވީީތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މިއާއެކު، އެމްއެންޔޫއިން މި ލައިކު މިހާރު ވަނީ އަންލައިކު ކޮށްފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގާނޫނު އަސާސީ އަށް އިސްލާޙު ހުށައެޅުއްވުމާޢެކު ރައީސް މައުމޫން އަދި ރައީސް ނަސީދު ދެބޭފުޅުންނަށް ދިޔައީ ޓުވިޓާގައި ހޫނު ރައްދުތަކެއް ދެމުންނެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން  ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމު ކަމަށެވެ.

ރާއްޖޭގެ ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށާއި އަދި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް އެގޮތަށްކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫނުގެ މި ވާހަކަފުޅާއި ވިދިގެން  ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި ވޯޓުވެސް ރައީސް މައުމޫނު ވަނީ އޮޅުވާލައްވާފައި ކަމަށެވެ އޭރު ވޯޓު ނެގިއިރު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނެވެ. މައުމޫނު ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަކަށެވެ. އޭރު ވެސް ރައީސް ނަޝީދާއި އެމްޑީޕީ އިން ވަކާލާތު ކުރަމުން ދިޔައީ ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 47%ބޮޑު ޖޯކެއް 16%ހައިރާންވެއްޖެ 0%ވަރަށް ދެރަ 37%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: