ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މަސައްކަތް ކުރަނީ ނިކަމެތިންގެ ހައްގުތައް ގެއްލޭ ގޮތަށް: ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ފާޑުވިދާޅުވަމުން، ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ނިކަމެތިންގެ ހައްގުތައް ގެއްލޭ ގޮތައްކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް  ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އެތަކެއް މަސައްކަތްތެރިންގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ނިކަމެތިންގެ ހައްގުތައް ގެއްލިގެންދާ ގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. މުވައްޒަފުން “ރިޑަންޑަންޓު” ކުރެވޭ މަގު ފަހިކޮށްދޭން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނުގެ 21ވަނަ މާއްދާގެ (ނ) އަށް ގެނެސްފައިވާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އިގްތިސޯދީ ކޮމެޓީ އަދި އިޖުތިމާއީ ކޮމެޓީގެ ޖޮއިންޓު ކޮމެޓީން ވަނީ ދިރާސާ ކުރުމަށްފަހު ފާސްކޮށްފައެވެ. އެގޮތުން އެ ގާނޫނުގެ 21ވަނަ މާއްދާގެ (ނ) އަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ވަޒީފާ ދިން ފަރާތުން ކުރަމުން ދިޔަ ވިޔަފާރިއެއް ނުވަތަ ދެމުން ދިޔަ ހިދުމަތެއް ހުއްޓާލަން ޖެހުމާ ގުޅިގެން ނުވަތަ ވަޒީފާ ދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާއި ގުޅިގެން މަގާމެއް އުނިކުރަން ޖެހުމުގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަކީ ވަޒީފާއިން ވަކި ކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމަށް ބެލެވިދާނެ ކަމަށެވެ.

ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ލާޒިމު ކަމަށް ބިލްގައި ހިމަނާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: